twitterviber whatsapp telegramfacebookyoutube instagram
12th May 2026

ބިދޭސީންނަށް ދާއިމީ ލައިސެންސް ދެވޭނެ އުސޫލެއް އެކުލަވާލައިފި

ޚަދީޖާ އާދަމް
Jun 5, 2022

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް އިސްލާހު ގެނެސް އެ ގަވާއިދު އަލުން ގެޒެޓްކޮށްފި އެވެ.

އަލަށް އެކުލަވާލި ގަވާއިދުގައި ވަނީ ބައެއް ބިދޭސީންނަށް ދާއިމީ ލައިސަންސް ލިބޭ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ. އާ އުސޫލު ބުނާ ގޮތުން ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް މި ގަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން ދާއިމީ ލައިސަންސެއް ދޫކުރެވިދާނެއެވެ.

އުސޫލު ބުނާ ގޮތުން ދާއިމީ ލައިސަންސަކީ ލައިސަންސް ނަގައިފައިވާ ދިވެހި ރައްޔިތުންނަށާއި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ދޫކޮށްފައިވާ ވަގުތީ ލައިސަންސްގެ މުއްދަތު ހަމަވުމުން ދޫކުރާ ލައިސަންސެކެވެ. ދާއިމީ ލައިސަންސަކީ ކޮންމެ ދިހަ އަހަރަކުން އައު ކުރަން ޖެހޭ ލައިސަންސެކެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް އިސްލާހު ގެނެސް އެ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެކަމަށްވެސް ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355