twitterviber whatsapp telegramfacebookyoutube instagram
20th April 2024

އޮޅުވާލައިގެން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ ޕީޕީއެމް: އީސީ

ނަބީލާ އިސްމާޢީލް
Jun 9, 2022

އާންމުންނަށް ނޭނގި ސައްހަ ނޫން ފޯމް ހުށަހަޅައިގެން އެންމެ ގިނަ މީހުން ޕާޓީ އަށް ވައްދާފައި ވަނީ ޕީޕީއެމަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އީސީން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 2018 އިން މިއަހަރުގެ މިހާތަނަށް އޮޅުވާލައިގެން ޕީޕީއެމް އިން ވަނީ 391 ފޯމް ހުށަހަޅާފަ އެވެ. އޮޅުވާލައިގެން ޕީޕީއެމް އިން އެންމެ ގިނަ ފޯމް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 166 ފޯމު ޕީޕީއެމް އިން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.

ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާފައި އޮތުމާ ގުޅިގެން 2018 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް އީސީ އަށް ލިބިފައިވާ ޝަކުވާތަކުގެ ތަފާސް ހިސާބު އީސީން ވަނީ އާންމުކޮށްފަ އެވެ.

އެމްޑީޕީގައި ރަޖިސްޓާ އޮވެގެން 213 މީހުން ޝަކުވާ ހުށަހަޅާފައިވާ އިރު މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ނަން އޮވެގެން 145 މީހަކު ވަނީ ޝަކުވާކޮށްފަ އެވެ.

ސައްހަ ނޫން ފޯމް ހުށަހަޅައިގެން އީސީ އަށް ޖުމުލަ 1،208 ޝަކުވާއެއް ވަނީ ހުށަހަޅައިފަ އެވެ. އެންމެ ގިނަ ޝަކުވާ ހުށަހަޅާފައި ވަނީ 2019 ވަނަ އަހަރާއި މި އަހަރު ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ސައްހަ ނޫން ފޯމުތަކާ ގުޅޭ ގޮތުން ލިބިފައިވާ ޝަކުވާ

  • ޕީޕީއެމް - 391
  • އެމްޑީޕީ - 213
  • ލޭބާ ޕާޓީ - 145
  • ޖުމްހޫރީ ޕާޓީ - 74
  • އަދާލަތު ޕާޓީ - 66
  • އެމްޓީޑީ - 63
  • އެމްއެންޕީ - 57
  • އެމްއާރްއެމް - 30
  • ޕީއެންސީ - 12
  • ޑީއާރްޕީ - 13

އާންމުންނަށް އޮޅުވާލައިގެން ޕާޓީ ތަކަށް މެންބަރުން ވައްދާ މައްސަލަ ހައްލުކުރުމުގެ ގޮތުން އެގޮތަށް ހުށަހަޅާ ކޮންމެ ފޯމެއް ހުށަހަޅާ ޕާޓީއެއް ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފަ އެވެ. އަދި ޕާޓީ ތަކަށް އަލަށް ވައްދާ މީހުންގެ ފޯމްތަކުގައިވާ މައުލޫމާތު ހާމަކުރަންވެސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355