twitterviber whatsapp telegramfacebookyoutube instagram
29th April 2026

ސާފު ފެނާއި ނަރުދަމާގެ އަދި ކުނި މެނޭޖް ކުރުމާ ގުޅޭ އޮޑިޓެއް ހަދަނީ

ޚަދީޖާ އާދަމް
Jun 11, 2022

އިޖްތިމާއީ ގޮތުން ފާހަގަކޮށްލެވޭ 3 ދާއިރާއަކުން އޮޑިޓްއެއް ހެދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ. އެގޮތުން އޮޑިޓް ހެދުމަށް ހަމަޖެހިފައިވަނީ ސާފު ފެނާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖް ކުރުމާ ގުޅޭ ގޮތުންނެވެ.

އޮޓިޑް ހެދުމަށް ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގައި ހިމެނޭ މީހުންނާއި ވަކިވަކި ފަރުދުންގެ އިތުރަށް ސިވިލް ސޮސައިޓީސްތަކާއި އެހެނިހެން ފަރާތްތަކުންވެސް އޮޑިޓްގައި ބައިވެރިވެ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ގޮތުގެ މަޢުލޫމާތު ހޯދުމަށް އެއްބާރުލުން ދިނުމަށް އެޑިޓަރ ޖެނަރަލް އެދިވަޑައިގެންފައިވެއެވެ.

ރައްޖޭގައި މިހާރުވެސް ކަނޑު، ފަޅު އަދި ފަރުގެ އެކި ސަރަހައްދުތައް ހިމާޔަތް ކޮށްފައި އެބަހުއްޓެވެ. މީގެ އިތުރުން އެކާށިގެންވާ ގޮތުގައި ކުނި މެނޭޖް ކުރުމަށްވެސް އަންނަނީ ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ. ހަމައެހެންމެ ރާއްޖޭގެ މީހުން ދިިރިއުޅޭ ރަށްރަށުގައި ސާފު ބޯފެނާއި ނަރުދަމާ އެޅުމުގެ އެތަކެއް މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355