twitterviber whatsapp telegramfacebookyoutube instagram
9th August 2026

ޕާސްޕޯޓުގެ ޑިމާންޑު އިންތިހާއަށް އިތުރުވުމާ ގުޅިގެން ހިދުމަތްދޭ ވަގުތު އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
Jun 14, 2022
1

ޕާސްޕޯޓް ހެދުމަށް ހުށަހަޅާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެފައިވާތީ ރޭގަނޑު 9:30 ގެ ނިޔަލަށް ހިދުމަތްދޭން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ދުވަސްތަކަކަށް ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، ދަތުރުކުރުމުގެ ލުއިތައް ލިބުމާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އަންދާޒާކުރި ވަރަށް ވުރެ ވެސް އިތުރުވެފައިވާ ކަމަށެވެ.

އިމިގްރޭޝަނުން މިހެން ބުނެފައިވަނީ ޕާސްޕޯޓްގެ ޑިމާންޑް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ބުނެ ހިދުމަތް ދޭ ވަގުތު އިތުރުކުރިކަން އަންގާ ރޭ އާންމުކުރި ބަޔާނެއްގައެވެ.

އެ ގޮތުން ޕާސްޕޯޓް ހައްދަން އަދި ޕާސްޕޯޓް އާ ކުރަން ހުށައަޅާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި ކުރީން އެވްރެޖްކޮށް ދުވާލަކު ހުށައަޅަނީ 200 އެޕްލިކޭޝަނެވެ. ނަމަވެސް ޕާސްޕޯޓް ހަދަން އެދި މިހާރު ދުވާލަކު 800 އެޕްލިކޭޝަން ލިބޭ ކަމަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި ހިދުމަތުގެ ވަގުތު އިތުރުކުރުމުގެ ގޮތުން މިއަދުން ފެށިގެން ހަވީރު 3:00 އާ ހަމައަށް ޕާސްޕޯޓް ދޫކުރުން ވެސް އޮންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355