twitterviber whatsapp telegramfacebookyoutube instagram
24th October 2026

އިތުރު 38 ސިވިލް ސާވަންޓުން ތަމްރީނަށް އިންޑިއާ އަށް

Jun 18, 2022

ސިވިލް ސާވަންޓުންގެ އިތުރު ޓީމެއް މިމަހު 20 ވަނަ ދުވަހު ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިއާ އަށް ފުރަން ނިންމައިފިއެވެ.

އިންޑިއާގެ ނިއު ދިއްލީ އާއި މައިސޫރުގައި ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމްގައި 38 ސިވިލް ސާވަންޓުން ބައިވެރިވާނެއެވެ. މިއީ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރާ ސިވިލް ސާވަންޓުންގެ 13 ވަނަ ބެޗެވެ.

މީގެކުރިން ވެސް މިފަދަ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ސިވިލް ސާވަންޓުން އިންޑިއާ އަށް ގޮސްފައިވެއެވެ.

ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމަކީ ސިވިލް ސާވިސް ކޮމިޝަނާއި ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނަންސް (އެންސީޖީޖީ) އާ ދެމެދު ގާއިމު ކުރި އެމްއޯޔޫއެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިއީ 2019 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ދަތުރުފުޅެއްގައި ސޮއިކުރެއްވި އެއްބަސްވުމެކެވެ.

މި އެމްއޯޔޫގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 މުވައްޒަފުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާއިރު އިތުރު މުވައްޒަފުން އިންޑިއާ އަށް ފޮނުވައިގެން ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293