twitterviber whatsapp telegramfacebookyoutube instagram
6th April 2026

ޒޯން 1ގެ ފެރީ ސްޓޮޕްތައް އޮގަސްޓްގައި ނިންމާލެވޭނެ

ޚަދީޖާ އާދަމް
Jun 18, 2022

އާރުޓީއެލްގެ ފެރީގެ ހިދުމަތް ދިނުމަށް ޒޯން 1ގައި ހަދާ ފެރީ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތް އޮގަސްޓް މަހު ނިންމާލެވޭނެކަމަށް އެމްޓިސީސީން ވިދާޅުވެއްޖެއެވެ.

އާރްޓީއެލްގެ ހިދުމަތް މިހާރު ފަށާފައިވާ ހދ.އަތޮޅުގެ މައި ފެރީ ޓަރމިނަލްތައް ހަދާފައިވަނީ ކުޅުދުއްފުއްޓާއި، ހަނިމާދުއާއި ނެއްލައިދޫގައެވެ. ޓާމިނަލްތަކުގެ މަސައްކަތް އެމްޓީސީސީންވަނީ ނިންމާފައެވެ.

އަތޮޅުގައި ދެން ހިމެނޭ 10 ރަށުގައި ހަދަނީ ފެރީ ސްޓޮޕްތަކެވެ.މީގެތެރެއިން 6 ރަށުގެ ފެރީ ސްޓޮޕްގެ މަސައްކަތް މިހާރު ހުރީ ނިމުމުގެ މަރުޙަލާގައިކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފަރުމާކޮށްފައިވަނީ ދަތުރުކުރުމުގައި އާއްމުންނަށް ވީހާވެސް ލުއިފަސޭހަ ވާނެ ގޮތަށެވެ. ފެރީތަކުގެ ފަސޭހަކަމުގެ އިރުތުން، ދަތުރުކުރާ މީހުން މަޑުކޮށްލައިގެން ތިބުމަށް ހަދާ ފެރީ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކަކީ މި މަސައްކަތުގެ މުހިންމު ބައެކެވެ.

ހއ، ހދ، އަދި ށ އަތޮޅު ހިމެނޭ ޒޯން 1ގައި މީހުން ދިރިއުޅޭ 40 ރަށް އޮވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355