twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސައުދީ ސަރުކާރުން ދިވެހި އިލްމުވެރިންނަށް ހާއްސަ ޕްރޮގްރާމެއް

ނަބީލާ އިސްމާޢީލް
Jun 26, 2022

ސައުދީ އަރަބިއްޔާ އިން މިސަރަގައްދުގައި ގާއިމުކޮށްވެފައިވާ ސައުދީ އިސްލާމިކް އެފެއާޒްގެ ދީނީ ކަންކަމާ ބެހޭ މުއައްސަސާއާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން "ދައުރާ"ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

މިމަހު 24 ން 25 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ މައިގަނޑު ސުރުހީއަކީ "އިންސާނީ މުޖުތަމަޢުގައި ސިލްމާ، ސަލާމަތާއި އަމާންކަން ގާއިމުކުރުމުގައި ކީރިތި ރަސޫލާ صلى ﷲ عليه وسلم ގެންގުޅުއްވި ގޮތް" އެވެ. މި ވޯކްޝޮޕްގައި މުޖްތަމަޢުގެ އަމަންއަމާންކަމަށް ޢަޤީދާއާ ތައުޙީދުގެ މުހިންމުކަމާއި، އިސްލާމްދީނުގައި މެދުމިން، މުޖްތަމަޢުގެ އަމަންއަމާންކަން ޤާއިމްކުރުމުގައި ޢިލްމުވެރިންގެ ދައުރު މި މައުޟޫތަކުގެ ދަށުން ޖުމްލަ 9 ކަރުދާހެއް ހުށަހެޅުނެވެ.

ދައުރާ ޕްރޮގްރާމްގައި ބައިވެރިވީ ރާއްޖާގެ އިލްމުވެރިންނާއި، ޚަތީބުންނާއި އިމާމުން އަދި ދާއީންނެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ވިދާޅުވީ އިސްލާމްދީން ފެށިގެން އައި އިރު ޖަހާލަތުގެ އަނދިރިކަމުގެ ތެރޭގައި އުންމަތް ވަނިކޮށް، އިސްލާމްކަމުގެ ނޫރުން އުންމަތް އަލިކޮށްދެއްވީ ކީރިތި ރަސޫލާ ކަމަށެވެ. އަދި އިސްލާމްދީން އައުމުން މުޅި ދުނިޔެއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަމަންއަމާންކަން ގާއިމުވުން ކަމުގައި ވިދާޅުވި އެވެ.

"މުޖުތަމައު އަމާންކޮށް ބޭއްވުމުގައި އިލްމުވެރިންގެ ދައުރު ބޮޑު. އިލްމުވެރިންނަކީ މުޖުތަމައުގެ ގަދަރުވެރި ބައެއް. ރިވެތި ނަމޫނާ ދައްކަވަން ތިއްބެވި ބޭފުޅުން،" މިނިސްޓަރު ވިދާޅުވި އެވެ.

މި ޕްރޮގްރާމުގައި ސައުދީ އަރަބިއްޔާއިން މިސަރަހައްދުގައި ދީނީ ކަންކަން ރާވާ ހިންގުމުގައި އުޅުއްވާ ފަޟީލަތުއް ޝައިހް ބަދްރު ބިން ނާސިރު އަލްއިންޒީއާއި ދިވެހިރާއްޖެއަށް ސައުދި އަރަބިއްޔާއިން ކަނޑައަޅުއްވާފައިވާ ސަފީރު މަތްރިކް އައްދައުސަރީވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355