twitterviber whatsapp telegramfacebookyoutube instagram
10th September 2026

ބޮޑު ޗުއްޓީ އަށް "ވެލިގާ ބޮޑު ސޭލް 2022"

ނަބީލާ އިސްމާޢީލް
Jun 28, 2022

ހާޑްވެއާގެ ގިނަ ބާވަތްތަކެއް ވިއްކާ ވެލިގާގެ ހާޑްވެއާ ފިހާރަތަކާއި ވެލިގާ ކުންފުނިން ބޮޑު ޗުއްޓީއަށް އަމާޒުކޮށް ހޯމް އިމްޕްރޫވްމެންޓުގެ އެކި ޕްރޮޑަކްޓުތައް ވިއްކާ ބްލަންކް ފިހާރައިގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ވެލިގާ ބޮޑު ސޭލް 2022"ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގެ ދަށުން ވެލިގާ ހާޑްވެއާގެ ފިހާރަތަކާއި ބްލަންކް އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. މި ޕްރޯމޮޝަނުގެ ދަށުން އޮންލައިންކޮށް ވިޔަފާރިކުރާ މީހުންނަށް ވެސް މި ޑިސްކައުންޓުތައް ލިބޭނެ އެވެ. އަދި ވެލިގާ ފިހާރަތަކުގެ ވައިބާ ޗެނަލްތަކުން ވިޔަފާރިކުރާ މީހުންނަށް ވެސް ހަމަ މި ޑިސްކައުންޓު އަގުތަކުގައި މުދާ ލިބޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން، ހާޑްވެއާ ފިހާރަތަކަށް ނުވަތަ ބްލަންކުގެ ޝޯރޫމަށް ގޮސް ވިޔަފަރިކުރާ ފަރާތްތަކަށް ވަގުތުން ލިބޭ އަގުހުރި އިނާމުތަކެއް ވެސް ދޭނެ އެވެ. އަދި ކޮންމެ ދުވަހަކަ ވެސް "ދުވަހުގެ ޑިސްކައުންޓު"ގެ ގޮތުގައި ކޮންމެވެސް ޕްރޮޑަކްޓަކުން ބޮޑު ޑިސްކައުންޓެއް ދޭނެ އެވެ.

މި ޕްރޯމަޝަނާ ދިމާކޮށް، ޕްރޮޖެކްޓްސް އަދި މެއިންޓެނެންސްގެ މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ވެލިގާގެ ކޯޕަރޭޓު ސެންޓަރުން ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ޖުލައި މަހުގެ ނިޔަަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293