twitterviber whatsapp telegramfacebookyoutube instagram
20th April 2024

އީދުގައި ކުޅުދުއްފުށީގަ ފައިގަ ތަޅާ މުބާރާތެއް ބާއްވަނީ

ނަބީލާ އިސްމާޢީލް
Jun 29, 2022

ކުޅުދުއްފުށީގައި އަޟްހާ އީދާ ދިމާކޮށް އަލަށް ފައިގަ ތަޅާ މުބާރާތެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ. އެހެން އަހަރުތަކާ ހިލާފަށް 1443 ވަނަ އަހަރު އަޟްޙާއީދުގައި ކުޅުދުއްފުށި ސިޓީގައި ތަފާތު ގިނަ ކުޅިވަރުތަކެއް ވަނީ ރޭވިފަ އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އީދުކުޅިވަރު ކަލަންޑަރުގައިވާ ގޮތުން ކުލަބް ކޮރަލްސްއިން އިންތިޒާމްކޮށްގެން "ކޮރަލް ފައިގަތަޅާ" ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިމުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުލަބް ކޮރަލްގެ ރައީސް އަހުމަދު ނައީމް ވިދާޅުވީ މުބާރާތުގައި ބައިވެރިވުމަށް މިއަދު ހުޅުވާލާނެ ކަމަށާއި މުބާރާތުގައި ބައިވެރިވެވޭނީ އޮންލައިންކޮށް ފޯމެއް ފުރައިގެން ކަމަށެވެ.

2 އޮފިސަލުންނާއި 10 ކުޅުންތެރިން ހިމެނޭހެން 12 ކުޅުންތެރިންގެ ޓީމެއް ހަދައިގެން ބައިވެރިވެވޭ މި މުބާރާތަކީ އަންހެން އަދި ފިރިހެން ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މީގެ އިތުރުން ކޮރަލްސް ވާދެމުން މުބާރާތަކީވެސް 2 އޮފިސަލުންނާއި 13 ކުޅުންތެރިން ހިމެނޭހެން 15 ކުޅުންތެރިންގެ ޓީމެއް ހަދައިގެން ބައިވެރިވެވޭ މުބާރާތެކެވެ.

މި ދެ މުބާރާތަކީވެސް މުޅި ރަށަށް ހުޅުވާލައިގެން އަންހެން ފިރިހެން ދެ ޖިންސަށް ބައިވެރިވެވޭނެހެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިމުބާރާތަށް ކުރިއަށްދާނީ ކުޅުދުއްފުށީ ހިއްކި ބިން ސަރަހައްދުގަ އެވެ.

މި ދެ މުބާރާތުގައިވެސް ބައިވެރިވާ ޓީމްތަކަށް ބަލާފައި އެހެން ކުޅިވަރުތަކަށް ބުރޫ ނާރާނެހެން އީދުގެ އެކި ދުވަސްތަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާނެ ކަމަށާއި މުބާރާތުގެ ހާއްސަ ވަނަތައް ހޮވާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355