twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސޫރަތުލް ފާތިހާ - ސުވަރުގެއިން އައިސްފައިވާ ނޫރެއް

ހ.މ
Jul 16, 2022

ސޫރަތުލް ފާތިހާ ނުވަތަ ފާތިހާ ސޫރަތަކީ ގަދަކީރިތިވަންތަ މާތްﷲ މިދުނިޔެއަށް ފޮނުއްވެވި އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާވާލެއްވުނު، އެކަލާނގެ މަތިވެރި ކަލާމްފުޅުގެ އެންމެ ފުރަތަމަ ސޫރަތެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާގައި ހުންނަވަނިކޮށް ބާވާލެއްވުނު މިސޫރަތުގައިވަނީ 7 އާޔަތެވެ. ފާތިހާ ސޫރަތް ކިޔެވުމަކީ ނަމާދުގެ ރުކުނެކެވެ. މިސޫރަތަށް އުއްމުލް ޤުރުއާން (ޤުރުއާނުގެ މަންމަ) ގެ ނަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަންދެއްވާފައިވެއެވެ. އަދިވެސް އެކަލޭގެފާނުގެ ހަދީސެއްގައި މިސޫރަތަކީ ސުވަރުގެއިން އައިސްފައިވާ 2 ނޫރުގެ ތެރެއިން އެއްނޫރު ކަމުގައި ވެއެވެ.

ސޫރަތުލް ފާތިހާއިން ވަރަށް ގިނަ ފައިދާތައް ލިބެއެވެ. އޭގެ ތެރޭގައި؛

1- ހިތްތަކަށްވާ ޝިފާއެއް:

ތިމާގެ ހިތް ސާފުކޮށް ނުރަނގަޅު ގޯސް އަމަލުތަކުން ސަލާމަތްވުމަށް މިސޫރަތަކީ ވަރަށް ވަރުގަދަ ހަތިޔާރެކެވެ. ތަކުރާރުކޮށް މިސޫރަތް ކިޔެވުމުން ރަނގަޅު ހެޔޮ މަގުގައި ސާބިތުވެ ހުރުމަށް ނަފުސާނީ ގޮތުން ހިތްވަރު ލިބިގެންދެއެވެ.

2- ޖިސްމާނީ ބައެއް ބަލިތަކުން ސަލާމަތްވުމަށް:

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސަހާބީންގެ ތެރެއިން ބޭކަލަކު ނަގުލަންދާއްޓެއް ކަށި ޖެހުމުން، ސޫރަތުލް ފާތިހާ ކިޔެވުމުން ޝިފާ ލިބުނެވެ.

އަދި އެވާހަކަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ދެންނެވުމުން، ސޫރަތުލް ފާތިހާ ކިޔުމަކީ އެކަމަށް އޮތް ޝިފާއެއްކަން އެނގުނީ ކިހިނެއްތޯ ސުވާލު ކުރިކަމަށްވެއެވެ.

3- ދުޢާ އެއްގެ ގޮތުގައި ބޭނުންކުރެވޭ:

ސޫރަތުލް ފާތިހާގެ އާޔަތްތަކުގެ މާނައަށް ވިސްނާލުމުން މިކަން ފަހުމްވެދެއެވެ. މިސޫރަތް ކިޔެވުމަކީ، ހުރިހާ ހައްދަވައި ބޮޑުކުރައްވާ ގެންގުޅުއްވާ މަތިވެރި އިލާހުގެ ރުހިވޮޑިގަތުން ލިބުމަށް އެދި ދެންނެވޭ ދެންނެވުމެކެވެ. އަޅަމެއް އަޅުކަން ކުރަނީވެސް އަދި އެހީއާ މަދަދަށް އެދެނީވެސް މާތްﷲ ގެ ކިބައިން ކަން ސޫރަތުލް ފާތިހާގައިވެއެވެ.

އެހެންކަމުން ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި މިއީ އެންމެ މަންފާ ހުރި ދުޢާ ތަކުގެ ތެރެއިން ދުޢާއެކެވެ.

4- އައްޑަނައެއް

ކީރިތި ރަސޫލާގެ ހަދީސުން އައިސްފައިވާ ގޮތުގައި ސޫރަތުލް ފާތިހާ އަދި އިޚްލާސް، ފަލަޤު، ނާސި މި ތިން ސޫރަތް 3 ފަހަރު ނިދުމުގެ ކުރިން ކިޔަވައިފި މީހަކު މަރު ނޫން ކޮންމެ ކަމަކުންވެސް ސަލާމަތް ކޮށްދެއްވާނެއެވެ. އަދި ނުބައި ނުލަފާ ޖިންނި ޝައިތޯނުންގެ ކިބައިންވެސް މިސޫރަތުން ރައްކާތެރިކަން ލިބިދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355