twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަޓީގެ "50 އިޔާޒް އޮފް ޓުއަރިޒަމް" އެވޯޑު ދިރާގަށް

ޚަދީޖާ އާދަމް
Jul 18, 2022

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބޭއްވި ރަންޔޫބިލް އެވޯޑުގައި "50 އިޔާޒް އޮފް ޓުއަރިޒަމް" އެވޯޑު ދިރާގަށް ލިބިއްޖެ އެވެ.

އެ އެވޯޑަކީ ރާއްޖޭގެ ޓެލެކޮމިޔުނިކޭޝަން ދާއިރާ ފުޅާކޮށް، އެ ސިނާއަތުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ތަރައްގީ ކުރުމަށް ދިރާގުން ކުރި މަސައްކަތްތަކުގެ ސަބަބުން ޓޫރިޒަމަށް އައިސްފައިވާ ކުރިއެރުން ފާހަގަކޮށް ދިރާގަށް ދިން އެވޯޑެކެވެ.

އެ އެވޯޑާ ދިރާގުގެ ފަރާތުން ހަވާލުވެވަޑައިގަތީ ދިރާގުގެ ސީއީއޯ އަދި އެމްޑީގެ އިސްމާއިލް ރަޝީދެވެ. އެ އެވޯޑާ ގުޅިގެން އޭނާ ވިދާޅުވީ ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން ކޮށްފައިވާ މަސައްކަތް މަޓީ ފަދަ ޖައްމިއްޔާއަކުން ފާހަގަ ކުރުމަކީ އެ ކުންފުންްޏަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ.

އަދި އެ ކުންފުނިން އަބަދުވެސް ވަނީ ޓުއަރިޒަމް ދާއިރާ އާ ގާތުން މަސައްކަތް ކޮށްފައި ކަމަށާއި ދިރާގުގެ އަމާޒަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކާ ފައި ހަމަކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ދާދިފަހުން 5ޖީގެ ހިދުމަތް ތައާރަފްކޮށްފައިވާ ކަން ފާހަގަ ކުރައްވައި، އެއީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމެއް ކަން ފާހަގަ ކުރެއްވި އެވެ.

މަޓީ އިން ބޭއްވި "50 އިޔާޒް އޮފް ޓުއަރިޒަމް އެވޯޑު" ބާއްވާފައި ވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ. އެ ހަފްލާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އިސް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އެ ރަސްމިއްޔާތް ޝަރަފްވެރި ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355