twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 3 ވަނަ ފަހަރަށް މާޒިޔާއިން ހޯދައިފި

މުޙައްމަދު އަހުމަދު
Jul 22, 2022

ޓަނާ ޑޮމިންގޭޒްގެ ޖަހައިދިން ހަމައެކަނި ލަނޑާއެކު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ޖައްސަ ޖައްސައިގެން ތިންވަނަ ފަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މާޒިޔާއިން ވަނީ 4 ކޯޗެއްގެ އިރުޝާދުގެ ދަށުން ޖުމްލަ 4 ފަހަރަށް ލީގު ހޯދާފަ އެވެ. ސުޒޭންގެ ކޯޗުކަމުގައި 2016 ވަނަ އަހަރު މާޒިޔާއިން ލީގު ހިއްލާލިއިރު 2019 - 2020 ވަނަ މެސެޑޯނިއާގެ ސެކުލޮސްކީގެ އިރުޝާދުގެ ދަށުން އެޓީމުން ލީގު ހޯދި އެވެ.

2020 - 2021 ގެ ތަށި ދެބުރު ކުޅެގެން މާޒިޔާއިން ހޯދިއިރު އެފަހަރު ޓީމަށް އިރުޝާދުދީފައިވަނީ ސާބިއާގެ ވިޑަކޮވިޗެވެ. އަދި މިފަހަރުގެ ލީގު ވެސް މާޒިޔާއިން ހޯދާފައިވަނީ ސާބިއާގެ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. ސާބިއާގެ މިއޮޑްރަގް ޖެސިކްގެ ކޯޗުކަމުގެ ދަށުން ޖެހިޖެހިގެން ތިންވަނަ ފަހަރު މާޒިޔާއިން މިވަނީ ލީގު ކާމިޔާބުކޮށްފަ އެވެ.

މާޒިޔާއިން 19 މެޗުން 54 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތްއިރު އެޓީމު މިފަހަރުގެ ލީގުގައި ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ލީގުގެ ދެވަނައިގައި އޮތް ކުލަބް އީގަލްސް އަތުންނެވެ. އެޓީމުން ވަނީ ދެން ކުޅުނު 18 މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. 19 މެޗުން ދެވަނައިގައި އޮތް އީގަލްސް އަށް ލިބިފައިވަނީ 46 ޕޮއިންޓެވެ.

މާޒިޔާއިން ލީގު ޔަގީންކޮށްފައިމިވަނީ ބާކީ ދެމެޗު އޮއްްވަ އެވެ. އެއީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާއި ކުލަބް އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355