twitterviber whatsapp telegramfacebookyoutube instagram
30th April 2024

ތަމްރީނާއި ތަޖްރިބާ ހޯދުމަށް ސިވިލް ސާވިސްގެ ވަފުދެއް އިންޑިއާއަށް

ނަބީލާ އިސްމާޢީލް
Jul 25, 2022

ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސިވިލް ސާވެންޓްސް އޮފް މޯލްޑިވްސް"ގެ ނަމުގައި އިންޑިއާގެ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން އިންތިޒާމްކުރާ 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ސިވިލް ސަރވިސްގެ ވަފުދެއް އިންޑިއާ އަށް ފުރައިފިއެވެ.

ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ ތަމްރީނާއި ތަޖްރިބާ ހާސިލުކުރުމަށް ދިވެހި ސިވިލް ސާވެންޓުންގެ ވަފުދެއް އިންޑިއާ އަށް ފުރީ އިއްޔެ ކަމަށެވެ.

މި ޕްރޮގްރާމް އަކީ ސިވިލް ސާވިސްގެ އިސް ފަންތީގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ވަފުދުގައި ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރާ ސެކްރެޓަރީ ޖެނެރަލުންނާއި ސިވިލް ސާވިސް ކޮމިޝަނުގެ އިސް މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 25 ފަރާތެއް ހިމެނެއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި، ޖުލައި 25 އިން 29 ގެ ނިޔަލަށް އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގައި އިންޑިއާގެ ސިވިލް ސާވިސް އާ ބެހޭގޮތުންނާއި، އިޤްތިސާދީ، އިޖްތިމާއީ އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ސަރުކާރުގެ އެކި މުއައްސަސާތަކަށް ބައިވެރިން ޒިޔާރަތްކޮށް، އެތަންތަނުގެ އިސް ވެރިންނާއި ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމަށް ސެޝަންތަކެއް ރޭވިފައިވެއެވެ.

މީގެ އިތުރުން މި ދަތުރުގައި ދިއްލީގެ ސަޤާފީ ތަންތަނަށްވެސް ބައިވެރިން ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ، ދިވެހި ސިވިލް ސާވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ސާވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އެން.ސީ.ޖީ.ޖީ އާއެކު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން މި ތަމްރީނުގައި ބައިވެރިވުމަށް އިންޑިއާއަށް ފުރާ 14 ވަނަ ބެޗެވެ.

މި ޓީމުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝުޖާއު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355