twitterviber whatsapp telegramfacebookyoutube instagram
17th September 2026

ރައީސް ސޯލިހް މާދަމާ ގައުމާ މުހާތަބު ކުރައްވަނީ

ޚަދީޖާ އާދަމް
Jul 25, 2022

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ގައުމާ މުހާތަބު ކުރައްވަން ނިންމަވައިފި އެވެ.

ރައީސް ސޯލިހް ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ޖަހާއިރު އެވެ. މިނިވަން ދުވަސް ފާހަގަކުރުމަށް މާދަމާ ރާއްޖޭގެ ހުރިހާ ރަށަކުވެސް ހެނދުނު 6:00 ޖަހާއިރު ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ.

މާލޭގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ޕެރޭޑް ޝަރަފްވެރި ކޮށްދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ މިއަަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއާއި ފުޅަނދުބުރު ނުބާއްވަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ ޖުލައި 26، 1965 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293