ސިޔާސީ ގޮތުން ހިޔާލު ތަފާތުވީކަމުގައިވިޔަސް މިނިވަންކަމަށް ބުރޫއަރާދާނެ އެއްވެސްކަމެއް އެއްވެސް މީހަކު ކޮށްގެންނުވާނެކަމަށާއި މިނިވަންކަން ދެމެހެއްޓުމަކީ ހުރިހާ އެންމެންގެވެސް ޒިންމާއެއްކަމުގައި ހަދަން ޖެހޭކަމަށް ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖް ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ހދ އަތޮޅު ކައުންސިލްގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަތޮޅު ރައީސް ވިދާޅުވީ، މިނިވަންކަން ހޯދައިދިނުމުގައި ކާބަފައިންގެ ދައުރު ބޮޑު ކަމަށެވެ. ކާބަފައިން އެ
"މިނިވަން ދުވަހަކީ އަޅުގަނޑުމެން ކާބަފައިން އަޅުގަނޑުމެންނަށް ހޯދައިވަދެއްވާފައިވާ ވަރަށް ފުރިހަމަ ދުވަހެއް. މި ދުވަހުސް ދެމެހެއްޓުމަކީ އަޅުގަނޑުމެން ހުރިހާ އެންމެންގެވެސް ޒިންމާއެއްކަމުގައި ހަދަން ޖެހޭ." ހދ އަތޮޅު ރައީސް ސިރާޖް ވިދާޅުވި އެވެ.
މިދުވަސްކޮޅަކީ ސިޔާސީ ގޮތުން އެކި ވާހަކަތައް ދެކެވޭ ދުވަސް ވަރެއްކަން ފާހަގަކުރައްވަމުން ސިރާޖް ވިދާޅުވީ، ހިޔާލު ތަފާތުވިކަމުގައިވިޔަސް ލިބިފައި މިއޮތް މިނިވަންކަމަށް ބުރޫ އަރާދާނެ އެއްވެސްކަމެއް އެއްވެސް މީހަކު ކޮށްގެންނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ދަރިންނަށްޓަކާ މުސްތަގުބަލަށްޓަކާ މިނިވަންކަން ދަމަހައްޓަން އެބަޖެހޭ. މިނިވަންކަމަށް ބުރޫ އަރާދާނެ އެއްވެސް ކަމެއް ކުރުމަކީ އެއްވެސް ދިވެއްސަކު ކޮށްގެންވާނެ ކަމެއް ނޫން." ސިރާޖް ވިދާޅުވި އެވެ.
އެންމެ މުހިންމުކަމެއް ދީގެން ދަމަހައްޓަން ޖެހޭ ކަމަކީ މިނިވަންކަންކަމަށް ސިރާޖްގެ ވާހަކަގައި ފާހަގަކުރެއްވި އެވެ.
އަތޮޅު ކައުންސިލްގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށި މޭޔަރާއި ސިޓީ ކައުންސިލްގެ މެމްބަރުން އަދި މުއައްސަސާތަކުގެ ވެރިންނާ އާންމު ބައިވެރިވި އެވެ.