twitterviber whatsapp telegramfacebookyoutube instagram
22nd November 2026

މަޖިލީހުގެ ރައީސް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

ނަބީލާ އިސްމާޢީލް
Oct 4, 2026

އިންޓަ-ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) ގެ 153 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله ޓެންޒޭނިއާގެ އަރޫޝާއަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުން ރޭ ބުނީ މި އެސެމްބްލީގެ ތެރެއިން ބޭއްވޭ އާންމު ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވާހަކަ ދައްކަވާނެ ކަމަށެވެ. އެމަނިކުފާނު މި އެސެމްބްލީގައި ވާހަކަދެއްކެވުމަށް ހަމަޖެހިފައިވާ މައިގަނޑު މައުލޫއަކީ "އެންމެންގެ ޝާމިލުވުމާއި އިތުބާރާއި އަދި ފުރުސަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމައުތައް ބާރުވެރިކުރުވުން" ކަމަށެވެ.

މަޖިލީހުން ބުނީ މި ދަތުރުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އިސް ވެރިން ހިމެނިވަޑައިގަންނަވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މީގެ އިތުރުން މަޖިލީހުގެ އިދާރާގެ އިސް ބޭފުޅުންގެ ގޮތުގައި ކައުންސެލް ޖެނެރަލް އަލްއުސްތާޒާ ފާތިމަތު ފިލްޒާ އާއި ޗީފް އޮފް ބިއުރޯ އަހުމަދު ނިހާން ހުސައިން މަނިކުގެ އިތުރުން ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓާ ޖެނެރަލް ޒުއްޔިނާ ބަދުރީ ވެސް މި ވަފުދުގައި ހިމެނިވަޑައިގަންނަވާ ކަމަށް މަޖިލީހުން ބުންޏެވެ.

މި އެސެމްބްލީ ކުރިއަށްދާނީ މި އޮކްޓޯބަރު މަހުގެ ފަހަކުން ނުވައެއްގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293