twitterviber whatsapp telegramfacebookyoutube instagram
4th May 2024

ބަންދުގައި ތިބޭ ކުޑަކުދިންނަށް ކިޔަވައިދޭން ފަށަނީ

ޚަދީޖާ އާދަމް
Jul 27, 2022

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް ކިޔަވައިދޭން ފަށަން ތައްޔާރުވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ބަންދުގައި ތިބޭ ކުޑަކުދިންނަށް ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ހިންމަފުށީގައި ހުންނަ ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައެވެ. މިކަމަށް ހާއްސަކޮށް 20 ދަރިވަރުންގެ ޖާގައިގެ ކްލާސްރޫމެއް އެތަނުގައި ވަނީ ހަދާފައެވެ.

ކޮމިޝަނަރ ވިދާޅުވި ގޮތުގައި މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބަންދުގައި ތިބޭ ކުޑަކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

ކޮމިޝަނަރ ވިދާޅުވީ އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ފަށާ ދިރާސީ އަހަރާއެކު، އެ ސެންޓަރުގައި ތިބި ކުދިންނަށްވެސް އާއްމު އުސޫލުން ތަޢުލީމު ދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

ޖުލައި 6 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީ އާއި ކަރެކްޝަނާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުދިންނަށް ކިޔަވައިދޭނީ އެ ދަރިވަރަކު ބަންދުގައި ހުރި ކަސްޓޯޑިއަލް ހުންނަ ރަށެއްގެ ސްކޫލެއް މެދުވެރިކޮށެވެ.

މި އެމްއޯޔޫގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުޑަކުދިން ބަހައްޓާ މަރުކަޒަށް ގެނެވޭތާ 1 މަސް ދުވަސް ތެރޭގައި އެމްސީއެސްގެ އެހީގައި އެ މަރުކަޒު ހުރި ރަށުގެ ސްކޫލްގެ މުދައްރިސުން މެދުވެރިކޮށް އެ ކުއްޖާގެ ތަޢުލީމީ ފެންވަރު ބެލުމަށް އެކަޑެމިކް އެސެސްމަންޓް ހެދުމާއި ރިޕޯޓް ތައްޔާރުކުރުން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355