twitterviber whatsapp telegramfacebookyoutube instagram
24th September 2026

އާރްޓީއެލް މިނީ ބަހުގެ ހިދުމަތް ފަށާ ރަށްތަކަށް ބަސްތައް ގެންގޮސްފި

ނަބީލާ އިސްމާޢީލް
Jul 30, 2022

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ މިނީ ބަހުގެ ހިދުމަތް ދިނުމަށް އަތޮޅުތަކަށް މިވަގުތަށް ބޭނުންވާ މިނީ ބަސްތައް ރަށްތަކަށް ގެންގޮސްފި އެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް ނިންމާފައިވަނީ އައްޑޫ ސީޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައެވެ. މި ހިދުމަތް ފަށަނީ ބިން ބޮޑެތި އަދި މިފަދަ އެކަށީގެންވާ ނިޒާމެއްގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ރަށްތަކުގައެވެ.

މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ 36 މިނީ ބަސް އެމްޓީސީސީން ރާއްޖެ ގެނައީ މިމަހުގެ 16 ވަނަ ދުވަހު އެވެ. މިނީ ބަހުގެ ފްލީޓަށް ބޭނުންވާ އިތުރު ފަސް މިނީ ބަސް ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް އެމްޓީސީސީން ދަނީ ކުރަމުންނެވެ.

އެމްޓީސީސީން ބުނީ މުޅި އަލަށް ގެނައި މިނީ ބަސް ތަކަކީ 18 ނުވަތަ 20 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށެވެ. މާލޭގައި ހިދުމަތް ދިނުމަށް 12 މިނީ ބަސް ބޭނުންކުރަން ނިންމާފައިވެ އެވެ.

އެމްޓީސީސީގެ ދަށުން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާރްޓީއެލް ފެރީގެ ހިދުމަތާއި އާރްޓީއެލް ބަހުގެ ހިދުމަތެވެ.

މިގޮތުން ހދ. އަދި ހއ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ދޭން ފަށާފައިވާއިރު ށ. އަތޮޅަށް ފެރީގެ ހިދުމަތް ދިނުމުގެ މަސައްކަތް މާދަމާ ފެށުމަށް ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293