twitterviber whatsapp telegramfacebookyoutube instagram
26th April 2024

ތަފާތު ގިނަ މުދަލާއެކު ބެސްޓް ބަޑީގެ ފިހާރަތައް އެއް ފުރާޅެއްގެ ދަށަށް

ނަބީލާ އިސްމާޢީލް
Jul 31, 2022

ފުޅާ ދާއިރާއެއްގައި ގިނަވައްތަރުގެ ތަފާތު ބާވަތުގެ މުދާ ވިއްކާ ބެސްޓްބަޑީގެ ފިހާރަތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށް މުޅި އާ ފިހާރައެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފި އެވެ. ހިޖްރީ އާއަހަރާއި ދިމާކޮށް ބެސްޓް ބަޑީން އަލަށް ހުޅުވި މި ފިހާރައިން ތަފާތު ގިނަ ބާވަތްތަކުގެ މުދާ ހެޔޮއަގުގައި ލިބޭނެ އެވެ.

މި ފިހާރަ ހުޅުވާފައިވަނީ ކުޅުދުއްފުށީ ބޭރުމަގު އެތުމާ ދަގަނޑު ގުދަން ކުރިމަތިން ބަރާބަރު ފިހާރަ ހުންނަ މަގުގަ އެވެ. މިފިހާރައިން ބަދިގޭގައި ގެންގުޅޭ އެކި ވައްތަރުގެ އިލެކްޓްރޯނިކް ސާމާނު ލިބެން ހުރެއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ވަޑާން ސާމާނު، ޗައިނާގެ އެމްޕީޓީ (މޯސްޓް ޕްރޮފެޝަނަލް ޓޫލްސް) ޝޫރޫމް ވެސް މިފިހާރައިގެ ފުރަތަމަ ފަނގި ފިލާގައި ހުންނާނެ އެވެ.

މީގެ އިތުރުން ބެސްޓް ބަޑީއިން ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ އެކި ސައިޒުގެ ރަށު ޕިކަޕާއި އެކި ބާވަތްތަކުގެ ބެޓެރީ ވެހިކަލް އާއި ކުޑަ ކުދިންނާއި ބޮޑެތި މީހުންގެ އެކިޒައިޒްގެ ބައިސްކަލް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ބެސްޓް ބަޑީއިން ވިއްކާ ވެހިކަލް ތަކަށް ބޭނުންވާ ސްޕެއަރ އާއި އެކި ސައިޒްގެ ތަށި މުށި އަދި ހާޑްވެއަރގެ ގިނަ ބާވަތްތައް މިފިހާރައިން ލިބެން ހުންނާނެއެވެ.

ބެސްޓް ބަޑީ އިން އަލަށް ވިއްކަން ފެށި ސާމާނުތަކުގެ ތެރޭގައި ގޭތެރޭގައި ބޭނުން ކުރާ އެކި އާލާތްތައް ހިމެނެއެވެ. އެގޮތުން އެކި ސައިޒުގެ ޓީވީ އާއި އިލެކްޓްރޯނިކް ސާމާނުގެ އިތުރުން ބަދިގޭގައި ބޭނުންކުރާ އެކި ސާމާނުތައް ހިމެނެއެވެ.

ލެޕްޓޮޕާއި މޮބައިލް ފޯން އެކްސެސަރީޒް، ކަސްރަތުކުރުމަށް ބޭނުންވާ ތަފާތު އެކި އެކި މެޝިންތަކާއި ކުޑަކުދިންގެ ކުޅޭ ސާމާނުގެ ވަރަށް ގިނަ ވައްތަރުތައް ލިބެން ހުންނާނެއެވެ.

ބެސްޓްބަޑީގެ އޮފިޝަލަކު ހާމަކުރިގޮތުގައި އެ ފިހާރައިން ވިއްކާ ތަކެތީގެ އަގު ނިސްބަތުން ހެޔޮވެފައި ކޮލިޓީވާނެ ކަމަށެވެ.

ކުޅުދުއްފުށި ސިޓީ އަކީ ހއ. ހދ. އަދި ށ އަތޮޅުގެ ގިނަ ބަޔަކު އެކި ބޭނުންތަކުގައި ދަތުރު ކުރަމުން އަންނަ ސިޓީއަކަށް ވާއިރު އެރަށު ބަނދަރުގައި އޮންނަ ބޯޓަށް މުޅި ލޯޑް ކޮށްދޭނެކަމަށް ވެސް އެފިހާރައިން ބުނެއެވެ.

އޯޑަރ ދެއްވުމަށް ނުވަތަ މަޢުލޫމާތު ސާފުކުރެއްވުމަށް އެފިހާރައިގެ ނަންބަރ 9193965 އަށް ގުޅުއްވުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355