twitterviber whatsapp telegramfacebookyoutube instagram
20th April 2024

މާލެ ސަރަހައްދުގެ ބޮޑު ބަޔަކަށް އުރީދޫ 5ޖީ، 5ޖީ މޮބައިލް ކަސްޓަމަރުންނަށް 2 ގުނަ ޑޭޓާ!

އަބްދުލް ވާހިދު ޙަސަން
Aug 2, 2022

އުރީދޫ ގެ ތަސައްވުރާ އެއްގޮތުގެމަތިން، ހައި ސްޕީޑް އިންޓަނެޓް ހެޔޮއަގުގައި ފޯރުކޮށްދިނުމަށް ފެށުނީއްސުރެ ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެގޮތުގެ މަތިން އުރީދޫ މޯލްޑިވްސްއިން ރާއްޖެއަށް ތައާރަފްކޮށްފައިވާ 5ޖީ ނެޓްވޯކް ގްރޭޓާ މާލެއަށް މިވަނީ ފުޅާކޮށްފަ އެވެ. އެގޮތުން މާލެ، ވިލިމާލެ ހުޅުމާލެ ފޭސް 1 އަދި ހުޅުލެއަށް 5ޖީގެ ހަލުވި ސްޕީޑް މިހާރު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. އުރީދޫ 5ޖީ ނެޓްވޯކް އަށް މި ގެނެވުނު އަޕްގްރޭޑް އިއުލާނުކޮށްފައިވަނީ އުރީދޫއިން ރާއްޖޭގައި ހިދުމަތް ދޭތާ 17 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ބޭއްވުނު ހާއްސަ ޕްރެސް ކޮންފަރެންސްއެއްގަ އެވެ.

ހަމަ އެއާއެކު 5ޖީގެ ހަލުވި ސްޕީޑް ތައް ތަޖުރިބާކޮށްލުމަށް 5ޖީ މޮބައިލް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ހާއްސަ އޮފާތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި ސުޕަނެޓް އެއަރ ފައިބަރ 5ޖީ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް މަހުގެ އެލަވަންސް ބޭނުންކުރުމަށް ފަހުވެސް 5އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑް ލިބިގެންދާނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

"އަދުގެ ޑިޖިޓަލް ޒަމާނުގައި، ޓެކްނޮލޮޖީ ކުރިއަރަމުން އަންނަނަނީ ހީވެސް ނުކުރާފަދަ ހަލުވި ސްޕީޑެއްގައި، ހައިޓެކް ޙިދުމަތްތައް ބޭނުންކުރުމަށް އަޅުގަނޑުމެންގެ ކަސްޓމަރުންނަށް ދައް ލޭޓަންސީގައި ހަލުވު ސްޕީޑު ބޭނުންވޭ." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސް އިން 5ޖީ ގެ ހިދުމަތް އެންމެ ފުރަތަމަ ތައާރަފްކުރީ އުރީދޫ އެއާފައިބާ މެދުވެރިކޮށެވެ. މިއަދު ދިވެހިންގެ ހިދުމަތުގައި 17 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ގްރޭޓަރ މާލެއަށް އަޅުގަނޑުމެންގެ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް 5ޖީގެ ހަލުވި ސްޕީޑްތަކާއެކު މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ކަށަވަރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ސީއީއޯ ޚާލިދު އަލް ހަމާދީ ފާހަގަކުރެއްވި އެވެ.

ބޮޑެތި ޑޭޓާ އެލަވަންސާއެކު އުރީދޫ 5ޖީ ކަސްޓަމަރުންނަށް ތަޢާރަފްކުރި މޮބައިލް ޑޭޓާ އޮފަރ ތެރޭގައި:

- އުރީދޫ ޕްރީޕެއިޑް، އާޗާ ޕްރީޕެއިޑް އަދި މަގޭ ޕްލޭން މެދުވެރިކޮށް، 5ޖީގެ ހަލުވި ސްޕީޑް ތައް ތަޖުރިބާކޮށްލުމަށް ޑަބަލް ޑޭޓާ ބޯނަސް އާއި އެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ 5ޖީ ޕްލޭންތަކެއް.

ޕެކޭޖް އަގު (ރުފިޔާ) ޕެކޭޖް އެލަވަންސް (ޖީބީ) ޕެކޭޖް އެލަވަންސް (ޖީބީ) ވެލިޑިޓީ

5ޖީ އާޗާ ޕްރިޕެއިޑް 500ރ ދުވާލަކަށް 1ޖީބީ ދުވާލަކަށް 1ޖީބީ 30 ދުވަސް

5ޖީ މަގޭ ޕްރިޕެއިޑް 500ރ 30ޖީބީ 30ޖީބީ 30 ދުވަސް

5ޖީ އާޗާ ޕްރިޕެއިޑް 750ރ ދުވާލަކަށް 2ޖީބީ ދުވާލަކަށް 2ޖީބީ 30 ދުވަސް

5ޖީ މަގޭ ޕްރިޕެއިޑް 500ރ 60ޖީބީ 60ޖީބީ 30 ދުވަސް

5ޖީ ކަސްޓަމަރުންނަށް ރަނގަޅު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އުރީދޫ ޕޯސްޓްޕެއިޑް 800 އާއި މަތީގެ ޕްލޭންތައް ގެންގުޅުއްވާ ފަރާތްތަކަށް 2 ގުނަ ބޯނަސް ޑޭޓާ ލިބިގެންދާނެ އެވެ.

ކަސްޓަމަރުންގެ ބަދަލުވަމުންދާ މުއާސަލާތީ ބޭނުންތަކަށް އެކަށޭނެ ހައްލުތަކެއް ފޯރުކޮށްދިނުމަށް، އުރީދޫ އަކީ ރާއްޖޭގެ އެންމެހާ ރަށްތަކަށް 4ޖީ+ ފޯރުކޮށްދިން ފުރަތަމަ އޮޕަރޭޓަރ އެވެ. ހަމައެއާއެކު، އުރީދޫ އިން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވަރކޯ ފުލް އައި.ޕީއަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަގަޅުކޮށްދީފައެވެ.

ހަމަ އެފަދައިން އުރީދޫ މޯލްޑިވްސް އަކީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު 5ޖީ ސްޕެކްޓްރަމް ލައިސަންސް ލިބުނު ފުރަތަމަ އުރީދޫ ކުންފުނިވެސް މެ އެވެ. އުރީދޫ މޯލްޑިވްސްއިން 5ޖީ އެއަރފައިބަރ – ރާއްޖޭގެ ފުރަތަމަ 5ޖީ ބޯރޯޑްބޭންޑް ހިދުމަތް ތައާރަފް ވެގެން ދިއައީ ޑިޖިޓަލް މޯލްޑިވްސް އެއް ބީނާކުރުމަށް އަޅުގަނޑުމެން މިކުރާ ދަތުރަށް ލިބިގެންދިޔަ ވަރަށް ބޮދު ކާމިޔާބީއެކެވެ.

މިއަދު އުރީދޫ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު މިވަނީ އިތުރަށް ހުޅުވިގެންގޮސްފައެވެ.

ކުރިއަށް އޮތްތަނުގައި ވެސް، ޑިޖިޓަލް ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދިނުމުގައި އުރީދޫއިން ދެމިތިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355