twitterviber whatsapp telegramfacebookyoutube instagram
25th November 2024

މެޕްސް ކޮލެޖުން އޯލެވެލް ނިންމާ ދަރިވަރުންނަށް ހާއްސަ ކެރިއަރ ގައިޑެންސް ސެޝަންތަކެއް!

Aug 11, 2022

އޯލެވެލް އިމްތިހާނު ނިންމާލުމަށްފަހު މަތީ ތައުލީމު ފެށުމަށް ތައްޔާރުވުމުގައި ހިޔާރުކުރަންވީ ކޮން ދާއިރާއެއްތޯ ވިސްނަނީ އަޅުގަޑުމެންގެތެރެއިން ކިތައް ކުދިންތޯ އެވެ؟ މިކަމާ ގުޅޭގޮތުން މައުލޫމާތު އެނގެނީ ކިހާވަރަކަށްތޯ އެވެ؟ ދަރިވަރުންގެ ކުރިމަގު ބައްޓަންކުރުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މެޕްސް ކޮލެޖުން ކެރިއަރ ގައިޑެންސް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ.

އޯލެވެލް ނިންމާ ދަރިވަރުން އެދަރިވަރަކު ކުރިއަށްދާން ބޭނުންވާ ދާއިރާ ހިޔާރުކުރުމުގައި ވިސްނުން ބަހައްޓަންވީ ކަންތައްތަކާ އޭގެ ސަބަބުން ދަރިވަރުންގެ މުސްތަގުބަލަށް ލިބިގެންދާނެ ކުރިއެރުން ފަދަ މައުލޫމާތުތައް ކެރިއަރ ގައިޑެންސް ސެޝަންގައި ދަރިވަރުންނާ ހިއްސާކުރެވޭނެ އެވެ.

މި ސެޝަންތައް ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދަރިވަރަކާއެކު ވަކިވަކިންނެވެ. ދަރިވަރު މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވަނީ ކޮންދާއިރާއެއްތޯ ބެލުމަށް ފަހު މެޕްސް ކޮލެޖުގެ ތަޖުރިބާކާރު ލެކްޗަރާއިން ދަރިވަރުންނަށް އެކަމާބެހޭ ހާއްސަ މައުލޫމާތުތައް ހިއްސާ ކުރާނެއެވެ.

އަދި މި ދާއިރާ ޚިޔާރުކުރުމުން ދަރިވަރުންނަށް އިތުރަށް ހުޅުވިގެންދާނޭ ފުރުސަތުތަކަކީ ކޮބާކަން ސާފުކޮށްދޭނެ އެވެ. މި ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މެޕްސް ކޮލެޖްގެ ވެބްސައިޓް ( https://www.maps.edu.mv/maps-career-guidance-program-for-olevel-students/) މެދުވެރިކޮށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ.

މިއަހަރުގެ އޯލެވެލް ނުވަތަ ކެމްބްރިޖް އިމްތިޙާނު ނިންމާފައިވާ ދަރިވަރުންނަށް އެކަށީގެންވާ ކޯސްތަކެއް މެޕްސް ކޮލެޖުގެ އޮގަސްޓު 2022 އިންޓޭކްގައި ހިމެނިފައިވާއިރު، މިކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ދަރިވަރުންނަށް ވަނީ ހުޅުވާލާފަ އެވެ.

އަދި މެޕްސް ކޮލެޖްގެ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކަކީ، ބެޗެލަރސް ޑިގްރީގައި ބައިވެރިވުމުގެ ކުރިން ދަރިވަރުން ފުރިހަމަކުރާނެ އެންމެ މުހިއްމު އެއް ކޯހެވެ. އަތޮޅުތެރޭގައި ދިރިއުޅޭ ދަރިވަރުންނަށް ހާއްސަކޮށްގެން އޮންލައިންކޮށް ހިންގާ އެންމެ ކާމިޔާބު އެއް ކޯހަކީ އެޑްވާންސްޑް ސެޓްފިކެޓްއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހެވެ.

12 މަސް ދުވަހުގެ މުއްދަތަށް ހިންގާ އެޑްވާންސްޑް ސެޓްފިކެޓް ކޯސް ނިމިގެންދާއިރު މިކޯހުގެތެރެއިން ޑިގްރީގެ މައިގަނޑު މާއްދާތަކަށް ދަރިވަރުން އަހުލުވެރިވުމަށް ފުރުސަތު ލިބިގެން ދިއުމަކީވެސް މިކޯހުގައި ކިޔަވާ ދަރިވަރުންނަށް ލިބިގެންދާނެ ވަރަށްބޮޑު އެހީއެކެވެ.

މެޕްސް ކޮލެޖަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުން އަންނަ މަރުކަޒެކެވެ. ރާއްޖެއިން ބޭރުގެ ތަފާތު ކޮލިފިކޭޝަންތަކާއި، މެޕްސް ކޮލެޖްގެ އަމިއްލަ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު އެކޮލެޖުން ފަހިކޮށްދެއެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އެމްކިއުއޭގެ ހުއްދައާއެކު އޮންލައިންކޮށް ގިނަ ކޯސްތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ކޮލެޖެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355