twitterviber whatsapp telegramfacebookyoutube instagram
19th April 2024

އުރީދޫން އަޕްގްރޭޑް ޔޯ ވޯލްޑްގެ ނަމުގައި ކެމްޕެއިނެއް ފަށާ، އުރީދޫ ބްރޭންޑަށް ބޮޑު ބަދަލެއް

Aug 11, 2022

އުރީދޫ މޯލްޑިވްސްގެ މައި ކުންފުނި އަދި މެދުއިރުމައްޗާއި، އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާ ގައި ހަރަކާތްތެރިވާ އައިސީޓީ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ އެއް ކުންފުނިކަމުގައިވާ އުރީދޫ ގްރޫޕްގެ ބްރޭންޑް ލޯގޯ އާއި ޓެގްލައިން - "އަޕްގްރޭޑް ޔޯ ވޯލްޑް" މިއަދު ރާއްޖޭގައި އިފްތިތާހުކޮށްފި އެވެ.

އަޕްގްރޭޑް ކޮށްފައިވާ ލޯގޯ ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މާހައުލުގައެވެ. އޭޝިއާގައި އުރީދޫ އޮޕަރޭޓް ކުރާ ކުންފުނިތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސް އަކީ، އުރީދޫ ގްރޫޕުގެ ތަސައްވަރާއި އަމާޒު އެންމެ ފުރިހަމައަށް ތަމްސީލްކޮށްދިނުމަށް އެކުންފުނީގެ ބްރޭންޑްއަށް ގެނައި މި ބަދަލު އެންމެ ފުރަތަމަ އިފްތިތާހް ކުރި ކުންފުންޏެވެ.

އަޕްގްރޭޑް ޔޯ ވޯލްޑް

އުރީދޫގެ އާ ޓެގްލައިން 'އަޕްގްރޭޑް ޔޯ ވޯލްޑް' އަކީ ކޮންމެ މީހަކަށް، ވިޔަފާރިއަކަށް، އަދި މުޅި ރާއްޖެއަށް ފޯރުކޮށްދޭ ކޮންމެ ހިދުމަތަކާ ތައާރަފްކުރާ އާ އީޖާދުތަކުގެ އިތުރުން ކަސްޓަމަރުންނާއި މުވައްޒަފުން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ މަގްސަދު އެންމެ ފުރިހަމައަށް ދައްކުވައިދޭ ޓެގްލައިނެވެ. އުރީދޫގެ އާ އައިޑެންޓިޓީ އަކީ އެ ކުންފުނިން ކުރަމުން އައި ދަތުރުގައި ޒަމާނީ ޓެކްނޮލޮޖީއާއި އެއްހަމަކޮށް ވިޔަފާރިއަށް ގެންނަމުންއަންނަ ކުރިއެރުމާއި އެއްގޮތައް މަތިން ގެނެވުނު ބަދަލެކެވެ.

އުރީދޫގެ އެމްޑީ އަދި ގްރޫޕް ސީއީއޯ އަޒީޒް އަލް-އުތްމާން ފަޚްރޫ ވިދާޅުވީ މިއީ އުރީދުގެ އެންމެން ވެސް އިންތިޒާރުކުރަމުން އައި ވަރަށް އުފާވެރި އާ މަރުހަލާއެއް ކަމަށާއި މިއީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންގޮސް އަގުހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކާމިޔާބުކަމާއެކު ކުރިއަށްގެންދާ ޓްރާންސްފޮމޭޝަން ޕްރޮގްރާމްގެ އާ މަރުހަލާއެއް ކަމަށެވެ.

އެގޮތުން އުރީދޫން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ހިދުމަތްތައް ހޯދާ ފަރާތްތަކާ ހިއްސާދާރުންނަށް ލިބޭ މަންފާ އެއްދުވަހުން އަނެއްދުވަހަށް އިތުރު ކޮށްދިނުމުގެ ސަގާފަތެއް ކުންފުނީގައި ދެމެހެއްޓުމަށް ކަމަށެވެ. އަދި އުރީދޫ އިން ކުރާ ކޮންމެ މަސައްކަތެއްގެ ފަހަތުގައިވާ އަމާޒަކީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ކުރިއެރުންކަމަށްވުމުން، އުރީދޫގެ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް"، ވަރަށް ފުރިހަމައަށް މި އަމާޒު ދޭހަކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ބްރޭންޑް ލޯގޯ އާއި ޓެގްލައިންވަނީ ދިވެހި މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދި ކުރުމަށް ކުރަމުންދާ މަސައްކަތާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމާއި އުރީދޫ މޯލްޑިވްސްގެ ފެށުމުން ފެށިގެން ބޮޑެތި ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށް، އުރީދޫ މޯލްޑިވްސް މިހާރު މިވަނީ މުއާސަލަތީ ހިދުމަތްތަކުގެ އިތުރުން ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭން ފަށައިފައިވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

"އުރީދޫގެ އާ ޓެގްލައިން - އަޕްގްރޭޑް ޔޯ ވޯލްޑް އިން މި ބަދަލުތައް ދައްކުވައިދޭ އަދި ޓެކްނޮލޮޖީއާއެކު ހުޅުވިގެންދާ ފުރުސަތުތައް ފަހިކޮށްދިނުމުގައި އަޅުގަނޑުމެންގެ ތަސައްވުރު ވަރަށް ރަނގަޅަށް ދޭހަކޮށްދޭ. މުޅި ރާއްޖެ ހިމެނޭ ގޮތައް ބިނާކޮށްފައިވާ 4ޖީ+ ނެޓްވޯކް އަދި އުރީދޫގެ ވަރުގަދަ 5ޖީ ނެޓްވޯކްގެ އެހީގައި ޑިޖިޓަލް ދިވެހިރާއްޖެ އެއް ބިނާކޮށް، ސްމާޓް ސިޓީސް، އިންޓަނެޓް އޮފް ތިންގްސް އަދި އާޓިފިޝަލް އިންޓެލިޖެންސްއަށް ކަސްޓަމަރުންނާއި ވިޔަފާރިތަކާއި މުޖުތަމައު މަގުފަހިކޮށްދިނުމުގައި އަޅުގަނޑުމެން ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އަރުވަން. އަދި، ހުރިހާ ގޮތަކުންވެސް ތިޔަބޭފުޅުންގެ ދުނިޔެ އާރާސްތުކޮށް، ދިރިއުޅުމުގައި ކުރިއަށް ދިޔުމަށް އަޅުގަނޑުމެން މަގުފަހިކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމި އޮންނާނެ." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

ކުންފުނިއަށް އައު ބަދަލާއެކު ކަސްޓަމަރުން އައު ހަރުފަތަކަށް

'"އަޕްގްރޭޑް ޔޯ ވޯލްޑް" މެދުވެރިކޮށް، ކަސްޓަމަރުންގެ އެކި ބޭނުންތަކާއި އެއްގޮތްވާގޮތައް ޙިދުމަތްތަކާއި ޕެކޭޖްތައް އިޙްތިޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންގޮސް، އުރީދޫއާއެކު ކުރެވޭ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދެވޭނެއެވެ.

2005 ވަނަ އަހަރު އުރީދޫ މޯލްޑިވްސް ގާއިމްވި ހިސާބުން، އެ ކުންފުނި ވަނީ، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗަރ ބިނާ ކުރުމަށް މެދުކެނޑުމެއްނެތި ބޮޑެތި އިންވެސްޓްމަންޓްތައްކޮށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ޑިޖިޓަލް ހިދުމަތްތައް ތައާރަފްކޮށް، ވިޔަފާރިތަކާއި މުޖުތަމައުތައް ކުރިއެރުވުމުގައި އިސް ރޯލެއް އަދާކޮށް އަހަރުން އަހަރަށް ބްރޭންޑް ވެލިއު އިތުރުކޮށް، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏަކަށް ވަނީ ބަދަލުވެފައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި، އުރީދޫ މޯލްޑިވްސްއިން ވަނީ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އެގޮތުން މުޅި ދުނިޔެއަށް ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބެއް ގެނުވައިދޭ 5ޖީ ނެޓްވޯރކް ރާއްޖެއަށް ތައާރަފްކޮށް 5ޖީ އެއަރފައިބަރ ހޯމް ބްރޯޑްބޭންޑް މެދުވެރިކޮށް އިތުރު ފުރުސަތުތައްވަނީ ހުޅުވާލަދީފައެވެ. އުރީދޫގެ ކުރިއަރާފައިވާ ނެޓްވޯކާއި ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކުގެ އެހީގައި ސްމާޓް ސިޓީ، އިންޓަނެޓް އޮފް ތިންގްސް އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތަކުގެ ބޭނުން ކަސްޓަމަރުންނަށް ފަހިކޮށްދެމުންނެވެ.

އުރީދޫ އެޕް މެދުވެރިކޮށް ޙިދުމަތްތައް އެއް ޕްލެޓްފޯމެކުން ފުރިހަމަ ޑިޖިޓަލް މޮބައިލް އެކްސްޕީރިއަންސެއް ފޯރުކޮށްދެއެވެ. އުރީދޫ މޯލްޑިވްސް މޮބައިލް މަނީ ގެ ޚިދުމަތް އެމް-ފައިސާ އަކީ ފައިސާ ދެއްކުމުގައި، ވަކިން ޚާއްސަކޮށް ބޭންކް ޙިދުމަތް ހޯދުމުގައި ދަތިތައް ދިމާވާ މުޖުތަމަޢުތަކަށް، ފަސޭހައިން ފައިސާ ދެއްކޭނެ ރައްކާތެރި އަދި ފަސޭހަ ހިދުމަތެކެވެ. އުރީދޫ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ކަސްޓަމަރުންނާއި ކައިރި އަދި ދުރުގައިވާ ވިޔަފާރިތަކާ ގުޅުވާލަދެއެވެ.

އަދި ކަސްޓަމަރުންނަށް މިހާރަށްވުރެ ރަނގަޅަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އެ ކުންފުނިން ދަނީ މުވައްޒަފުންގެ ކުރިއެރުމަށް ބޮޑެތި އިންވެސްޓްމެންޓްތައްކޮށްް، ހުނަރުވެރި ޒުވާން ލީޑަރުން ބިނާކޮށް އަންނަން އޮތް ޖީލު ކުރިއެރުވުމަށް ވެސް ވަރަށް ބޮޑަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި، އުރީދޫ ގްރޫޕްގެ ޑިޖިޓަލް ހިދުމަތްތަކަށް ބޭނުންވާ ވަރުގަދަ ނެޓްވޯކާއި އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ހިންގާ ޓްރާންސްފޮމޭޝަން ޕްރޮގްރާމް އާއި އެއްގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިންވެސް ދަނީ ނެޓްވޯކްތަކާއި ޓެކްނޮލޮޖީ އަދި މީހުން އަޕްގްރޭޑް ކުރުމަށް ވަރަށް ބޮޑަށް އިންވެސްޓް ކުރަމުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355