twitterviber whatsapp telegramfacebookyoutube instagram
28th March 2024

މެޕްސް ކޮލެޖްގެ އޮގަސްޓް އިންޓޭކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Aug 15, 2022

ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލާސް ޑިގްރީގެ ކޯސްތަކަށް އޮގަސްޓް އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.

އޮގަސްޓް އިންޓޭކްގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ކޯސްތަކުގެތެރޭގައި، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގް، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން އޮގަސްޓް-22 އިންޓޭކްއަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 14 ވަނަ ދުވަހެވެ. އޮގަސްޓް-22 އިންޓޭކްއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ވީހާ ގިނަ ދަރިވަރުންނަށް މެޕްސް ކޮލެޖްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުންކަމަށް އެކޮލެޖުން ބުނެއެވެ.

މިއަހަރު އޯލެވެލް ނިންމާފައިވާ ދަރިވަރުންގެތެރެއިން މަތީ ތައުލީމު ކިޔެވުމަށް ޝައުގުވެރިވާ ކުދިންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާއިރު، މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒްނަޒް އެޑްމިނިސްޓްރޭޝަން ކޯހަކީ މިދަރިވަރުންނަށް އެންމެ އެކަށީގެންވާ އެއް ކޯހެވެ. އަދި މިދަރިވަރުންނަށް އަމާޒުކޮށްގެން ހާއްސަ ކެރިއަރ ގައިޑެންސް ސެޝަންތަކެއް މިހާރު ކުރިޔަށްދާއިރު މިސެޝަންތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މެޕްސް ކޮލެޖްގެ ވެބްސައިޓް މެދުވެރިކޮށް ދަރިވަރުންނަށް ލިބޭނެ އެވެ.

އެޑްވާންސްޑް ސެޓްފިކެޓް ކޯސް ނިންމާލުމަށްފަހު މެޕްސް ކޮލެޖުން ހިންގާ ބެޗެލާސް ޑިގްރީގެ ކޮންމެ ކޯހަކަށްވެސް މިދަރިވަރުންނަށް ކުރިމަތިލެވޭނެއެވެ. މީގެއިތުރުން އޭލެވްލް ފާސް ނެތްފަރާތްތަކަށް ލިބިފައިވާ 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއެކު އޯލްޓަނޭޓިވް އެންޓްރީއެއްގެ ދަށުން ބެޗެލާސް ޑިގްރީގައި ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ބެޗެލާސް ޑިގްރީގެ މިކޯސްތަކަކީ، ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ "ބެޗެލާސް ޑިގްރީ ގްރާންޓް ސްކީމް"ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެވެ. އަދި މިކޯސްތައް ބައްޓަން ކުރެވިފައިވަނީ މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމެއްގެ ދަށުންނެވެ.

އޮންލައިންކޮށް މަތީ ތައުލީމު އުނގަންނައިދިނުމުގެ ހިދުމަތް ދެމުންނަ އަންނަ މެޕްސްކޮލެޖްގެ އޮންލައިން ކޯސްތަކަކީ، އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށް މަތީ ތައުލީމު ފުރިހަމަކުރުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއްކަމަށާއި މިކޯސްތަކާއިބެހޭ އިތުރު މައުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv އިން ލިބޭނެ ކަމަށް އެ ކެމްޕަހުން ބުނެއެވެ.

މެޕްސް ކޮލެޖަކީ މަތީ ތައުލީމު ފޯރުކޮށްދެމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ އެއްކޮލެޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355