twitterviber whatsapp telegramfacebookyoutube instagram
21st August 2025

ދެ އަހަރަށްފަހު ކުޅުދުއްފުށީ އެއާޕޯޓަށް ބެގޭޖް ސްކޭންކުރާ މެޝިނެއް ލިބިއްޖެ

ކުޅުދުއްފުށީ އެއާޕޯޓްގައި ބޭނުންކުރާ ބެގޭޖް ސްކޭން މެޝިން ހަލާކުވެފައި ހުންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން މިހަފްތާ ވަނީ އޭގެ މެޝިނެއް ލިބިފައި.

އަބްދުލް ވާހިދު ޙަސަން
Aug 17, 2022
2

ކުޅުދުއްފުށި އެއާޕޯޓްގައި ބޭނުންކުރަމުންދިޔަ ޗެކިން އިން ބެގޭޖް ސްކްރީން މެޝިނުން ހަލާކުވެފައިވާ ހުންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން އާ މެޝިނެއް ފޮނުވައިފި އެވެ.

ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަތުރުކުރާ އެ އެއާޕޯޓްގައި ބޭނުންކުރާ ޗެކިން އިން ބެގޭޖް ސްކްރީން މެޝިން ހަލާކުވެފައި ހުންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. އެހެންވެ ތަކެތި ޗެކްކުރަމުންގެންދިޔައީ ކެބިން ބެގޭޖް މެޝިނުންނެވެ.

ކެބިން ބެގެޖް މެޝިނުން ބޭނުންކުރަމުންދަނިކޮށް އެ މެޝިން ހަލާކުވީ މިދިޔަ މަސްތެރޭގައި އެވެ. އެހެންވެ މެނުއަލްކޮށް ތަކެތި ޗެކްކުރާތާ މަހަކަށްވުރެ ގިނަ ދުވަސް ވަނީވެފަ އެވެ. އަދި ޗެކިންގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރުން އޮތީ އަމާޒުވެފަ އެވެ.

އެކަމަކު ރިޔާސީ އިންތިހާބަށް އަހަރަކަށްވެފައިވަނިކޮށް އެ އެއާޕޯޓަށް ވަނީ ދެ މެޝިން ފޮނުވާފަ އެވެ. އެ މެޝިންތައް އިންސްޓޯލްކުރުމުގެ މަސައްކަތް މާދަމާ ފެށިގެންދާނެ އެވެ.

ކުޅުދުއްފުށި އެއާޕޯޓަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހަދަން ފެށިތަނެއް ނަމަވެސް އެތަން ނިންމާ ދަތުރުތައް ފަށާފައިވަނީ ރައީސް ސޯލިހްގެ ވެރިކަމުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355