twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނ އަތޮޅުގެ ޗެމްޕިއަންކަން ކެނދިކުޅުދޫއަށް، ކެނދިކުޅުދޫއާއި ހޮޅުދޫވެސް އެއްވަނަ ޑިވިޝަނަށް

މުޙައްމަދު އަހުމަދު
Aug 21, 2022

އެމްޓީސީސީ ނޯތު ލީގުގައި ނޫނު އަތޮޅުގެ ޓީމުތައް ވާދަކުރާ ގްރޫޕް ސީގެ ޗެމްޕިއަންކަން ހޯދާ ނ. ކެނދިކުޅުދޫ އެއްވަނަ ޑިވިޝަނަށް ދަތުރުކުރިއިރު ދެވަނައިގައި ނ. ހޮޅުދޫ ވެސް އެއްވަނަ ޑިވިޝަނަށް ދަތުރުކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުތަކުގެ ތެރެއިން ހޮޅުދޫއާ މާޅެންދޫ ބައްދަލުކުރި މެޗު އެއްވަރުވިއިރު ކެނދިކުޅުދޫއާއި ކުޑަފަރި ބައްދަލުކުރަން އޮތް މެޗަށް ކުޑަފަރީ ޓީމުން ހާޒިރު ނުވުމުގެ ސަބަބުން ކެނދިކުޅުދޫ އަށް މެޗު ލިބުނީ 2 - 0 ގެ ނަތީޖާއަކުންނެވެ.

މާޅެންދޫއަށް 3 ވަނަ ލިބުނުއިރު އެޓީމަށް މިވަނީ މުބާރާތް ނިމިފަ އެވެ. ހޮޅުދޫއާއި މާޅެންދޫ ބައްދަލުކުރި މެޗު ނިމުނީ 0 - 0 ން އެއްވަރުވެގެންނެވެ. ކުޑަފަރީ ގްރޫޕުގެ ފުލަށް ދިޔައިރު އެޓީމަށް ލިބުނީ 4 ޕޮއިންޓެވެ.

ދެން ކުރިއަށް އޮތީ ރ. އަތޮޅު ބުރެވެ. އަލިފުށީގައި ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ނޯތު ލީގުގައި ދެން ބާކީ އޮތީ ގުރޫޕް ޑީގެ މެޗުތަކެވެ. މި ގްރޫޕުގައި 3 ޓީމެއް ވާދަކުރާނެ އެވެ. އެއީ އަލިފުއްޓާއި ދުވާފަރާ އުނގޫފާރެވެ. މި ގުރޫޕުގެ ފުރަތަމަ މެޗުގައި އަލިފުށްޓާއި ދުވާފަރު ބައްދަލުކުރާއިރު މިމެޗު އޮންނާނީ އަންނަ ބުދަ ދުވަހު އަލިފުށީގަ އެވެ.

މުބާރާތުގެ ގްރޫޕް އޭއާއި ބީ އަދި ސީގެ މެޗުތައް ނިމިފައިވާއިރު 6 ޓީމެއް ވަނީ އެއްވަނަ ޑިވިޝަނުން ޖާގަ ހޯދާފަ އެވެ. އެއީ ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތް ލިންކޭޖާ ހއ ދިއްދޫ އަދި ފޯކައިދޫއާއި ފުނަދޫގެ އިތުރުން ހޮޅުދޫއާއި ކެނދިކުޅުދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355