twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޓްރާންސްޕޭޜެެންސީގެ ފުނަރަ ޕްރޮގުރާމް މެޕްސް ކޮލެޖުގައި ފަށައިފި

Aug 23, 2022

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ "ފުނަރަ ޕްރޮގްރާމް"ގެ ދަށުން އާއްމުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި މެޕްސް ކޮލެޖްގެ ކޯސް ސެޓްފިކެޓް 3އިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސް ކާމިޔާބުކަމާއެކު ފަށައިފި އެވެ.

"ފުނަރަ ޕްރޮގްރާމް"އަކީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ އެހީގެ ދަށުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހިންގަމުންދާ "ޕްރޮމޯޓިންގ ރެޒީލިއެންސް އިން މޯލްޑިވްސް (ޕްރައިމް)" ޕްރޮޖެކްޓްގެ ދަށުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް މެޕްސް ކޮލެޖްގެ ސެޓްފިކެޓް 3އިން އައިޓީ ކޯހުގައި ކިޔެވުމުގެ އިތުރުން، އިޖްތިމާއީ އިގުތިސޯދީގޮތުން ބާރުވެރިވުމަށް ޒުވާނުންނަށް ބޭނުންތެރި ހުނަރުތައް އުނގަންނައިދެވޭނެއެވެ.

އަދި މީގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުވުމާއެކު ވަޒީފާގެ މާހައުލުގައި ދަރިވަރުންނަށް ބޭނުންވާ ހުނަރުތައް މިކޯހުގެ ތެރެއިން ދަރިވަރުންނަށް އުނގަންނައިދެވޭނެ އެވެ.

އޭގެތެރޭގައި އެތިކްސް އަދި މަސައްކަތުގެ މާހައުލުގައި ވަގުތު ބޭނުންތެރިގޮތުގައި ހިފާނެގޮތުގެ އުކުޅުތައް ހިމެނެއެވެ. މިކޯސް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ފުރުސަތުތަކެއް ލިބިގެންދާއިރު މިއީ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް އެޅޭނެ ބިންގަލެއްކަމަށް މެޕްސް ކޮލެޖުން މައުލޫމާތުދެ އެވެ.

މިކޯހުގެ ހުރިހާ ކްލާސްތަކެއްގައިވެސް ކިޔަވައިދެއްވާނީ މެޕްސް ކޮލެޖުގެ އައިޓީ ދާއިރާއާއަށް ހާއްސަ ކުރެވިފައިވާ ލެކްޗަރާއިންނެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރެވިފައިވާ މެޕްސް ކޮލެޖުގެ ކޮމްޕިއުޓާ ލެބް ތަޖުރިބާކުރުމުގެ ފުރުސަތު ކޯހުގެ ދަރިވަރުންނަށް ލިބިގެންދާނެ އެވެ.

އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވާ މިޕްރޮގްރާމްގެ ސަބަބުން މުޖްތަމައަށް ބޭނުންތެރި ޒުވާނުންތަކެއް ނެރެވޭނެކަމަށް އުއްމީދުކުރާކަމަށް ޓްރާންސްޕޭރެންސީން މައުލޫމާތުދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355