twitterviber whatsapp telegramfacebookyoutube instagram
27th April 2024

ލިވަޕޫލް ބަލިކޮށް ލީގުގައި ޔުނައިޓެޑަށް ފުރަތަމަ މޮޅު

މުޙައްމަދު އަހުމަދު
Aug 24, 2022

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން މި ފަހަރުގެ ސީޒަނުގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފަ

އެވެ.

ޔުނައިޓެޑުން މިފަހަރުގެ ސީޒަން ފެށީ ވަރަށް ދަށްކޮށެވެ. އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ބަލިވިއިރު ޔުނައިޓެޑް ވަނީ ރަށުންބޭރުގައި ބްރެންޓްފޯޑް އަތުން ވެސް ބަލިވެފަ އެވެ. އެހެންނަމަވެސް ރޭ ޔުނައިޓެޑުން މިވަނީ 2018 ގެ ފަހުން ލީގުގައި އަލަށް ލިވަޕޫލުގެ މައްޗަށް ކުރިހޯދާ އުއްމީދު އާކޮށްފަ އެވެ.

ރޭގެ މެޗުން ޔުނައިޓެޑް މޮޅުވީ 2 - 1 ންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗުގެ 16 ވަނަ މިނެޓްގައި އެލަންގާގެ އެސިސްޓަކުން ލަނޑުޖަހާ ލީޑު ނަގައިދިނީ ޖޭޑަން ސަންޗޯ އެވެ. މިލަނޑަށް ފަހު ލިވަޕޫލުން ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތުތަކެއް ވަނީ އުފައްދާފަ އެވެ. ނަމަވެސް ފުރުސަތުތައް ކާމިޔާބުވާ ގޮތެއް ނުބި އެވެ.

53 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ވަނީ އަނެއްކާވެސް ލަނޑެއް ޖަހައިދީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. ލިވަޕޫލުން މެޗުގެ ފަރަގު ކުޑަކުރީ 81 ވަނަ މިނެޓުގައި ސަލާހުގެ ލަނޑުންނެވެ. ކަވާލިއޯ ޖެހި ހަމަލާ ކީޕަރު ޑެހެއާ އަތުގައި ޖެހިފައި ނުކުތް ވަގުތު ސަލާހު ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ލިވަޕޫލުން ލަނޑު ޖެހީ މެޗުގެ 81 ވަނަ މިނިޓްގައި މުހައްމަދު ސަލާހު އެވެ. ބަދަލަކަށް ކުޅެން އެރި ލިވަޕޫލްގެ ފަބިއޯ ކަވާލިއޯ ޖެހި ބޯޅައެއް ޑެހެއާ އަތުގައި ޖެހިފައި ނުކުތް ވަގުތު ސަލާހު ވަނީ ބޮލުން ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ. މިއީ ސަލާހު ޔުނައިޓެޑް ކޮޅަށް ޖެހި 10 ވަނަ ގޯލެވެ. ލީގުގައި ޔުނައިޓެޑް ކޮޅަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ސަލާހު އަތުގަ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355