twitterviber whatsapp telegramfacebookyoutube instagram
24th March 2026

ހަނި ތަފާތަކުން އުނގޫފާރުން އަލިފުށި ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފި

މުޙައްމަދު އަހުމަދު
Aug 29, 2022

އެމްޓީސީސީ ނޯތު ލީގު ގްރޫޕް ޑީގައި އިއްޔެ ހަވީރު ހަނި ތަފާތަކުން ރ. އަލިފުށި ބަލިކޮށް އުނގޫފާރުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

އިއްޔެ ހަވީރު އަމިއްލަ ދަނޑުގައި އުނގޫފާރު އަތުން އަލިފުށި ބަލިވީ 1 - 0 ގެ ތަފާތަކުންނެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގެ ވަރަށް ކުރީކޮޅު އުނގޫފާރުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފަ އެވެ.

މެޗުގެ 16 ވަނަ މިނެޓުގައި އެޓީމަށް ލަނޑު ޖަހައިދިނީ ޖޯޒީ ނަމްބަރު 30 އަކްރޯރް އުމަރު ޖޮނޮވް އެވެ. އުނގޫފާރުން އެންމެ ފަހުން ކުޅުނު މެޗުގައި ވެސް އޭނާ ވަނީ ލަނޑު ޖަހައިދީފަ އެވެ.

އެންމެފަހުން އުނގޫފާރާއި ދުވާފަރު ބައްދަލުކުރި މެޗު 2 - 2 ން އެއްވަރުވިއިރު އަލިފުށި ވެސް ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި 2 - 2 ން ދުވާފަރާ އެއްވަރުވެފަ އެވެ.

މުބާރާތުގެ ކުރިއަށް ދެން އޮތް މެޗުގައި އަމިއްލަ ދަނޑުގައި އަލިފުށިން އަނެއްކާވެސް ނުކުންނާނީ ދުވާފަރާ ދެކޮޅަށެވެ. މާދަމާ އަލިފުއްޓާ ދުވާފަރު ބައްދަލުކުރާ މެޗު ފަށާނީ ހަވީރު 4 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355