twitterviber whatsapp telegramfacebookyoutube instagram
28th March 2024

ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ އެންޑް އިންކްލޫސިވް އެޑިއުކޭޝަން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Sep 8, 2022

ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ އެންޑް އިންކްލޫސިވް އެޑިއުކޭޝަން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު އިންޓޭކުގައި އޮފާކުރާ 127 ކޯހުގެ ތެރެއިން ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ އެންޑް އިންކްލޫސިވް އެޑިއުކޭޝަން ކޯހަކީ އެންމެ ފާހަގަކޮށްލެވޭ އެއް ކޯހެވެ. އެމް އެން ކިޔު އެފް ލެވެލް 7 ގެ މި ކޯހަކީ ވިލާކޮލެޖުގެ އަމިއްލަ ކޯހެކެވެ. މި ކޯހުގެ މުއްދަތަކީ 3 އަހަރު ދުވަހެވެ.

މި ޕްރޮގްރާމަކީ މުދައްރިސުންގެ ގޮތުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ އިތުރުން މުދައްރިސްކަމުގެ ދާއިރާއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އިންކްލޫސިވް އެޑިޔުކޭޝަން އަށް ހާއްސަވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވައިލެވިފައިވާ ވަރަށް ބޭނުންތެރި އެހާމެ މުހިންމު ފުރުސަތެކެވެ.

މި ގޮތުން މި ކޯހުގައި ކިޔަވައިދޭ، ކަރިކިޔުލަމް ޕެޑެގޮޖީ ފޮރ އިންކްލޫސިވް އެޑިޔުކޭޝަން، އަރލީ އިންވެންޓެންޝަން އެންޑް ބިހޭވިއަރ މެނޭޖްމަންޓް، ކަރިކިޔުލަމް އެޑަޕްޓޭޝަން- އެޑިޝަނަލް ނީޑްސް ފަދަ މޮޑިޔުލްތަކަކީ، ދާއިރާގެ އިލްމާއި ތަމްރީނުގެ މައްޗަށް ނުހަނު ބޮޑަށް ބަރޯސާކުރެވިފައިވާ މޮޑިޔުލްތަކެކެވެ.

މި ކޯހުގެ ފުރަތަމަ އަހަރުގެ ކިޔެވުންނިމި، ފާސްވެފައިވާނަމަ، ޑިޕްލޮމާ އިން ޕްރައިމަރީ ޓީޗިންގެ ސެޓްފިކެޓު ލިބޭނެއެވެ. އަދި މި ކޯހުގެ ދެވަނަ އަހަރުގެ ކިޔެވުންނިމި، ފާސްވެފައިވާނަމަ، އެޑްވާންސްޑް ޑިޕްލޮމާ އިން ޕްރައިމަރީ ޓީޗިން އެންޑް އިންކްލޫސިވް އެޑިއުކޭޝަންގެ ސެޓްފިކެޓް ލިބޭނެއެވެ.

މި ކޯހަށް ވަނުމަށް ބޭނުންވާ ޝަރުތަކީ އޭލެވެލް ނުވަތަ އެޗް.އެސް.ސީގެ 2 ފާސް (ޖީ.ސީ.އީ. އޭލެވެލްގެ ފާހެއްގެ ގޮތުގައި ބަލާނީ ދަށްވެގެން އީ ފާހެއް ލިބިފައިވާނަމަ. އަދި އެޗް.އެސް.ސީ ފާހެއްގެ ގޮތުގައި ބަލާނީ ދަށްވެގެން ސީ ފާހެއް ލިބިފައިވާނަމަ) ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާ އަކުން ލެވެލް 4 (ފައުންޑޭޝަން ލެވެލް) ގެ ފާހެއް ލިބިފައިވުމެވެ.

ސެޕްޓެމްބަރު އިންޓޭކުގެ ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ 11 ސެޕްޓެމްބަރު 2022 ވާ އާދީއްތަ ދުވަހެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަގްސަދުގައި ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ ގޮތް ވަނީ އިންތިޒާމް ކުރެވިފައެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ކޯސްތަކުގެ މައުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅުއްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355