twitterviber whatsapp telegramfacebookyoutube instagram
18th April 2024

މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް އަންނާނީ ސިއްހީ ދާއިރާއަށް: ރައީސް

އަބްދުލް ވާހިދު ޙަސަން
Sep 11, 2022

ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލަކީވެސް އިންގިލާބީ ބަދަލެއްކަން ކަމަށާއި އޭގެ ސަބަބުން ޕްރިންސިޕަލުންނާއި ޓީޗަރުން ލިބުމުގައި އޮތް އެންމެ ބޮޑު ހުރަސް ނައްތާލެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ލ ގަމުގައި ކުރިއަށްގެންދާ ވިއަވަތި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއަށް ގެނައި މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް ފެނިގެންދާނީ ސިއްހީ ދާއިރާއިިންކަން އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަހަރުގެ ހައި އެޗީވަރސް އެވޯޑު ހާސިލްކުރި ދަރިވަރުންގެ އަދަދާއި އަދި މުޅިދުނިޔެއާ ވާދަކޮށް، އެކަހެރި ކުދި ރަށްރަށުގެ މަދަރުސާތަކުގެ ދަރިވަރުން ހޯދި މަތީ ނަތީޖާތަކުން، ލާމަރުކަޒީ ނިޒާމާއެކު ރަށްރަށުގެ ތައުލީމީ ނިޒާމަށް ސަރުކާރުން ގެނެސްދީފައިވާ ހެޔޮ ބަދަލު ފެނިގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ.

ސިއްހީ ނިޒާމު ފުރިހަމަ ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާއި މޮބައިލް ލެބޯޓަރީގެ ހިދުމަތް އެހިދުމަތް ކުރިން ނެތް ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު އަމާޒުކުރެވި ސިއްހީ ދާއިރާގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

ރައީސް ވިދާޅުވީ، ޒަމާނުއްސުރެ ކަނޑަނާޅާ އޮތް އެންމެ ދަށް އުޖޫރަ މި ސަރުކާރުން ކަނޑައަޅައި އޭގެ ސަބަބުން އެތައް ފައިދާތަކެއް ކުރަމުން އަންނަކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355