twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެލްޖީއޭގެ ދައުރަކީ ފިޔަވަޅު އެޅުމަށްވުރެ ބޮޑަށް އެހީތެރިވެދިނުން: އަފްޝަން

ނަބީލާ އިސްމާޢީލް
Sep 11, 2022

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ދައުރަކީ ލާމަރުކަޒީ ޤާނޫނުގެ ތެރެއިން ކައުންސިލްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުންކަށް އެލްޖީއޭގެ ސީއީއޯ ފާތުމަތު އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ.

މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ ކައުންސިލްތަކަށް ފިޔަވަޅު އަޅައި އަދަބު ދިނުމަކީ އެލްޖީއޭއިން ބޭނުންވާ ކަމެއް ނޫންކަމަށެވެ.

އަފްޝަން ވިދާޅުވީ އެލްޖީއޭއަކީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައި ވަރަށް ގިނަ ކައުންސިލަރުން ސިފަ ކުރައްވާ ކަމަށާ އެއީ އެހާ ހިތްގައިމު ބަހެއް ނޫން ކަމަށެވެ.

"އެލްޖީއޭއަކީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައި ސިފަކުރުމަކީ ރަނގަޅު ގޮތެއް ނޫން. ބެލެނިވެރިން ތިބޭނީ ކުޑަކުދިންގެ ނުވަތަ އަމިއްލައަށް ގޮތް ނިންމަން ފަތި ފަރާތްތަކުގެ. ގާނޫނުން އެލްޖީއޭ މަތިކޮށްފައިވަނީ ކައުންސިލްތަކުގެ ޒިންމާ އަދާކުރޭތޯ ބެލުމަށް. އަދި ކައުންސިލްތަކަށް އެހީތެރިކޮށް ފޯރުކޮށްދިނުމަށް." އަފްޝަން ވިދާޅުވި އެވެ.

އެގޮތުންޤާނޫނަށް ގެނެވުނު ބަދަލުތަކާއިއެކު ހުރި ގޮންޖެހުންތަކާއި، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެކި ބައްދަލުވުން ބާއްވަމުންދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުންކަމަށެވެ.

ގާނޫނުން އެލްޖީއޭއަށް މަތިކޮށްފައިވަނީ ކައުންސިލްތަކުގެ ޒިންމާ އަދާކުރޭތޯ ބަލައި، އެހީތެރިކަން ފޯރުކޮށްދިނުންކަން ފާހަގަކޮށް އަފްޝަން ވިދާޅުވީ އެލްޖީއޭއާމެދު ކައުންސިލްތަކުން ދެކޭގޮތް ބަދަލުވުމަކީ މުހިއްމު ކަމެއްގައި ދެކޭ ކަމަށެވެ.

އަފްޝަން ވިދާޅުވީ އެލްޖީއޭއިން ކައުންސިލްތަކުގެ އަޑުއަހާ ކަމަށާއި، ރަނގަޅު އެކުވެރިންނަކީ ރަނގަޅު ކަންކަމަށް ހިތްވަރު ދީ، އެ ކަންކަމުގައި އެހީތެރިވާ ބައެއްކަމަށެވެ. އަދި ނުރަނގަޅު މަގަކުން ދާ ނަމަ އެކަމުން ދުރުކުރާނެ ބައެއް ކަމަށާއި، އެލްޖީއޭއަކީ ކައުންސިލްތަކުގެ އެކުވެރިއެއް އަދި އެހީތެރިއެއް ކަމަށް އަފްޝަން ވިދާޅުވިއެވެ.

މީގެއިތުރުން އަފްޝަން ވިދާޅުވީ އެލްޖީއޭ ވާންވާނީ ގޯހުން ކަމެއް ދާނަމަ އެކަން ރަނގަޅު ކުރުމަށް ލަފާއާއި އިރުޝާދު ދޭ އެކުވެރިއަކަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355