twitterviber whatsapp telegramfacebookyoutube instagram
18th March 2026

ކުޅުދުއްފުށީ އެއާޕޯޓްގައި ރެސްޓޯރެންޓެއް އަޅައި ހިންގާނެ ބަޔަކު ހޯދަނީ

Sep 12, 2022
2

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުޅުދުއްފުށީ އެއާޕޯޓްގައި ރެސްޓޯރެންޓެއް އަޅާނެ ބަޔަކު ހޯދުމަށް ހުޅުވާލައިފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް އިން މިއަދު ކުރި އިއުލާނެއް ބުނެފައިވަނީ، އެ އެއާޕޯޓްގައި ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޝަން އުސޫލުން ރެސްޓޯރެންޓެއް އިމާރާތްކޮށް ހިންގާނެ ބަޔަކު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.

2000 ސްކޮޔަރ ފޫޓް ސަރަހައްދެއްގައި އިމާރާތްކުރާ މި ރެސްޓޯރެންޓް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހުގެ ރަސްމީ ގަޑީގައި ރީޖަނަލް އެއާޕޯޓްސްގައި ރަޖިސްޓްރީވާން ޖެހޭނެ އެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތިން ކުޅުދުއްފުށީ އެއާޕޯޓްގައި ރެސްޓޯރެންޓް އަޅާނެ ބަޔަކު ހޯދުމަށް އިއުލާން ކުރިނަމަވެސް އެ މަސައްކަތްކޮށްދޭނެ ބަޔަކު ވަނީ ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355