ދިރާގު ޓީވީއިން ގެނެސްދޭ ޓޯކް ޝޯ ސީރީޒް "އަޒޯނާ" ގެ އައު ސީޒަންއެއް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ގައި އަބްދުالله މުއާޒް ޕްރޮޑަކްޝަންސްއިން ޕްރިމިއާރ ކުރަން ނިންމައިފިއެވެ.
މި އައު ސީޒަން ރިލީޒް ކުރުމަށްހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރ 2022 ގައެވެ.
އަޒޯނާ ޝޯގެ ޕްރޮޑިއުސަރ އަބްދުالله މުއާޒް (މުއާ) ވިދާޅުވިގޮތުގައި މިފަހަރުގެސީޒަން ކުރީގެ ސީޒަންތަކާއި ތަފާތުވާނެއެވެ. އަދި ކުރިއަށް ވުރެ ރަނގަޅު ކޮންޓެންޓް ބެލުންތެރިންނަށް ގެނެސްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށްވެސް މުއާ ވިދާޅުވިއެވެ.
"ކާމިޔާބު ތިންވަނަ ސީޒަނަކަށް ފަހު އަޒޯނާ ޝޯގެ އައު ސީޒަން ދިރާގުޓީވީއަދި ދިރާގުޕްލޭ ވީއޯޑީ މެދުވެރިކޮށް ކަސްޓަމަރުންނަށް ގެނެސްދެވުމަކީއަޅުގަނޑުމެން ވަރަށް އުފާވާކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ކަސްޓަމަރުން ބަލައިގަންނަ އިތުރު ޕްރޮގްރާމްތައް ދިރާގުޓީވީ މެދުވެރިކޮށް ގެނެސްދިނުން" ދިރާގުގެ ދިރާގުޓީވީ ޕްރޮޑަކްޓް މެނޭޖަރު ޙައްސާން ހުސްނީ ވިދާޅުވިއެވެ.
ދިރާގުޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް މެދުވެރިކޮށް ޕްރިމިއަމްއިންޓަނޭޝަނަލް އަދި ލޯކަލް ކޮންޓެންޓް ހިމެނޭ ވީއޯޑީ ފީޗާރ ފޯރުކޮށްދޭ ރާއްޖޭގެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ވީއޯޑީ އަކީ ކަސްޓަމަރުން މީޑިއާބޭނުންކުރާ ގޮތާއި ބަލާ ގޮތް މުޅިން ބަދަލުކޮށްލާފައިވާ އީޖާދީ ފީޗާރއެކެވެ. މިފީޗަރ މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު ދިރާގުޓީވީ ކަސްޓަމަރުންނަށް މުނިފޫހިފިލުވުމުގެ ގިނައޮޕްޝަންތަކެއް ލިބޭނެއެވެ.
ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. އެގޮތުން ދިރާގު ޓީވީ ތައާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ %85 ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ. މީގެ އިތުރުން، ދިރާގުޓީވީ އަކީ ވީޑިއޯ އޮން ޑިމާންޑްގެ ފީޗަރ ހިމެނޭ ހަމައެކަނި ޚިދުމަތްވެސް މެއެވެ. ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް އަކީ މަޢުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުން ތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.
ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެގޮތަކަށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމު މެދުވެރިކޮށް ދިރާގުން ދަނީ ދިވެހި އުފެއްދުންތަށް ކުރިއެރުވުމަށްއެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތަށް މަގު ފަހިކޮށްދެމުންދާނެއެވެ. އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ އަދި ދިވެހި ކޮންޓެންޓް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުމެވެ.