twitterviber whatsapp telegramfacebookyoutube instagram
14th July 2026

ހދ. އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Sep 14, 2022

ހދ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެހިފައިވާ އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންހެން އަދި ފިރިހެން ދެ ޖިންސަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 10 ވަނަ ދުވަހުން ފެށިގެން ހދ. ނޮޅިވަރަންފަރު ވޮލީ ކޯޓްގަ އެވެ.

މި މުބާރާތުގައި ހދ. އަތޮޅުގެ ކޮންމެ ރަށަކުންވެސް އަންހެން އަދި ފިރިހެން 1 ޓީމަށް ބައިވެރިވެވޭނެ އެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މި މަހު 26 ވަނަ ދުވަހުގެ 13:00ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމާއި ޓީމް ލިސްޓް ހދ. އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުމަށްވަނީ އެ ކައުންސިލުން އެދެފަ އެވެ.

މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ އެއިދާރާގެ ފޯން:6528801 ނުވަތަ 6521633 ގުޅުމަށްވަނީ އެދިފަ އެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި މައުލޫމާތު ކަރުދާސް ލިބެން ހުންނާނީ އެ އިދާރާގެ ވެބްސައިޓުން ކަމަށް އެ އިދާރާއިން ކުރި އިއުލާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355