twitterviber whatsapp telegramfacebookyoutube instagram
10th December 2025

ކަށުނަމާދު ދެން ކުރާނީ ފިރުދައުސް މިސްކިތުގައި

އަބްދުލް ވާހިދު ޙަސަން
Sep 15, 2022
1

ކުޅުދުއްފުށީގައި ހުންނަ އެންމެ ބޮޑު މިސްކިތް ނުވަތަ މަސްޖިދުލް ހަޞާރާތު މަރާމާތަށް ބަންދުކުރުމުން، އެރަށުގައި ކުރާ ކަށުނަމާދުތައް ދެން ކުރާނީ ފިރުދައުސް މިސްކިތުގައިކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ހުކުރު މިސްކިތް ބަންދުކުރީ މުށިތައް ނައްޓައި ވިނީލް އެޅުމަށާއި ދޮރުތަކުގެ ބޮޑު މަރާމާތަކެވެ.

ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، ހުކުރު މިސްކިތް މަރާމާތަށް ބަންދުކުރުމުން ކަށުނަމާދުތައް ދެން ކުރިއަށްދާނީ ފިރުދައުސް މިސްކިތުގައި ކަމަށެވެ.

ފިރުދައުސް މިސްކިތަކީ ހުކުރު މިސްކިތަށް ފަހުން ދެން އެންމެ ބޮޑު މިސްކިތެވެ. އެ މިސްކިތަކީ ގާތްގަނޑަކަށް 450 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެވެ.

އަލީ ވިދާޅުވީ، ފިރުދައުސް މިސްކިތަށް ކަށުނަމާދުތައް ބަދަލުކުރިކަމުގައިވިޔަސް އެހެން މިސްކިތެއްގައި ކަށުނަމާދުކުރުމަށް އާއިލައިން އެދިއްޖެނަމަ އެދޭ މިސްކިތެއްގައި ކަށުނަމާދުކުރެވޭނެ ކަމަށެވެ.

މާލެ ފިޔަވާ ދެވަނައަށް އެންމެ ގިނަ މީހުންގެ ކަށުނަމާދުކުރަނީ ކުޅުދުއްފުށީގައި އެވެ.

މަސްޖިދުލް ޙަޟާރަތު މިސްކިތް މަރާމާތުކުރުމަށް ހަވާލުކޮށްފައިވަނީ ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރި މި ޕްރޮޖެކްޓްގެ އަގަގީ 1.5 މިލިއަން ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355