twitterviber whatsapp telegramfacebookyoutube instagram
26th April 2024

މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް މާދަމާ ފަށަނީ

ނަބީލާ އިސްމާޢީލް
Sep 15, 2022

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ ތިން ވަނަ މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް މާދަމާ ހުޅުމާލެ ސައިކްލިންގ ޓްރެކްގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

މި މުބާރާތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ދިރާގާއި ބައިކް މޯލްޑިވްސް އިންވިދާޅުވީ ކުރީގައިބޭއްވިމިފަދަ މުބާރާތްތަކަށް ލިބުނު ހޫނު ތަރުހީބާއި ބައިވެރިންގެ އަދަދު ގިނަވުމުގެ ސަބަބުން 17 ސެޕްޓެމްބަރު ވާ ހޮނިހިރު ދުވަހުމީގެ ތިންވަނަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 16 އަދި 17 ސެޕްޓެމްބަރު ވާ ހުކުރު އަދި ހޮނިހިރު ދެ ދުވަހު ކަމަށެވެ.

މިއަހަރުގެ މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕްގައި 32 ސްކޫލުން 1000 އަށް ވުރެ ގިނަ ކުދިން ފަސް ކެޓެގަރީއަކުން ބައިވެރިވާނެއެވެ.

  • 11 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ފަން ރައިޑް
  • 13 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 13 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 15 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 15 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 17 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 17 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 19 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
  • 19 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
  • 3000 މީޓަރުގެ ޓީމް ޕާރސޫޓް – 13 އަހަރުންދަށް، 15 އަހަރުންދަށް، 17 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އުމުރުފުރާތަކުން ވަކިވަކިން

"1000 މީޓަރުގެ ފަން ރައިޑް ފިޔަވައި ވާދަވެރި ކޮންމެ ކެޓަގަރީއަކުން ތިން އަންހެން އަދި ފިރިހެން ވަނަ ލިބޭ ކުދިން ހޮވާނެ. އަދި މީގެ އިތުރުން ކޮންމެ އުމުރުފުރާއަކުންވެސް ޗެމްޕިއަންސްކޫލް ހޮވުމަށްވަނީ ހަމަޖެހި" މި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ވިދާޅުވިއެވެ.

ދިރާގާއި ބައިކް މޯލްޑިވްސް އިން ވިދާޅުވީ އެފަރާތްތަކުގެ އުންމީދަކީ މި މުބާރާތުގެ ޒަރިއްޔާއިން ސްކޫލް ކުދިންގެ މެދުގައި ބައިކް ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ޒުވާންއުމުރުގައި ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއްގެ މުހިންމުކަން ޕްރޮމޯޓްކުރުން ކަމަށެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށްއެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355