twitterviber whatsapp telegramfacebookyoutube instagram
24th April 2024

އުރީދޫ ޕާސްޕޯޓް ސިމް ކާޑުތަކުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

ނަބީލާ އިސްމާޢީލް
Sep 17, 2022

ރާއްޖެއިން ބޭރަށް ދަތުރުކުރާ އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ސިމް ކާޑުތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ތައާރަފްކޮށްފި އެވެ.

އުރީދޫން ބުނީ، ހާއްސަ ސިމް ކާޑު މެދުވެރިކޮށް ރޯމިން ރޭޓުތަކުން 90 ޕަސެންޓުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އުރީދޫ ޕާސްޕޯޓުގައި ސަތޭކައަށް ވުރެ ގިނަ، 4ޖީ ރޯމިން ބޭނުން ކުރެވޭ ގައުމުތަކަށް ހިމެނެ އެވެ. އަދި ޖުމްލަ 100 އަށް ވުރެ ގައުމުތަކަށް ހެޔޮ އަގުގައި ރޯމިން ހިދުމަތް ލިބޭނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، އާންމުކޮށް ދަތުރު ކުރާ ކަސްޓަމަރުންނަށް ދަތުރުމަތީގައި އުޅޭ އިރު އާއިލާ އާއި ރައްޓެހިންގެ ހާލު ބަލާލައި ގުޅުން ބަދަހި ކުރަން ފަސޭހަވާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް. އަޅުގަނޑުމެންގެ ޓީމުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އެންމެ ފުރިހަމަ ހިދުމަތްތަކާ އެކު ކޮންމެ ތަނެއްގައި، ކޮންމެ ވަގުތަކު ވެސް، ހެޔޮ އަގުގައި ފަސޭހަކަމާ އެކު ކަސްޓަމަރުން ގުޅުވާލަދިނުމަށް،" އޭނާ ވިދާޅުވި އެވެ.

އުރީދޫ ޕޯސްޓްޕެއިޑް ރޯމިން ކަސްޓަމަރުން އަދި އަލަށް ރޯމިން އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ވެސް މާލެ ސަރަހައްދުގެ އުރީދޫ ސާވިސް ސެންޓަރުތަކުން ލިބޭނެ އެވެ. ޑޭޓާ ރޯމިން ހިދުމަތް ފަސޭހަކަމާ އެކު *929*6# ގުޅާލައިގެން އެކްޓިވޭޓް ކުރެވޭނެ އެވެ.

ސިމް ކާޑު އުރީދޫ ޕާސްޕޯޓް ސިމް އަކަށް ބަދަލުކުރުމަށް ނުވަތަ އުރީދޫ ޕާސްޕޯޓް ކަވަރޭޖް ނުލިބޭ ގައުމުތަކުގައި ރޯމިން ކަސްޓަމަރުންނަށް އަދިވެސް ސްޓޭންޑަޑް ރޯމިން ރޭޓުތަކާއި އެއްގޮތަށް ރޯމިންގެ ހިދުމަތް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355