twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވެލިގާ ހާޑްވެއާއިން ކުޅުދުއްފުށީގައި ރޯޑްޝޯއެއް ބާއްވަނީ

ނަބީލާ އިސްމާޢީލް
Sep 20, 2022

ވެލިގާ ހާޑްވެއާ އަދި ބްލަންކްގެ ހިދުމަތްތަކާއި ޕްރޮޑަކްޓުތައް ދައްކާލުމަށް ކުޅުދުއްފުށީގައި ރޯޑްޝޯއެއް ބާއްވަން ނިންމައިފި އެވެ.

ވެލިގާއިން ބުނީ، ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދުގައި ރޯޑްޝޯއެއް ބާއްވަނީ، ވެލިގާއިން ވިއްކާ އުފެއްދުންތައް ރަށްރަށުގައި އުޅޭ މީހުންނަށް ވެސް ދައްކާލައި، ބައެއް ތަކެތި ތަޖުރިބާކޮށް، އާންމުންނާ އޮންނަ ގުޅުން ބަދަހި ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ވެލިގާ ހާޑްވެއާއިން ބާއްވާ ފުރަތަމަ ރޯޑްޝޯ އަންނަ ހޮނިހިރުގައި އޮންނާނެ އެވެ. ދެ ދުވަހަށް ކުރިއަށްދާ މި ރޯޑްޝޯގައި ވެލިގާ ހާޑްވެއާ އާއި ބްލަންކްގެ އުފެއްދުންތައް ދައްކާލުމަށް ހަމަޖެހިފައިވެ އެވެ. އަދި އެކި ފަރާތްތަކާ ބައްދަލުކޮށް ގުޅުން ބަދަހި ކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ. މި ރޯޑްތައް ބާއްވަނީ ކައުންސިލާއި ރަށްރަށުގެ އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ އެހީތެރިކަމާ އެކު އެވެ.

ކުޅުދުއްފުށީގައި ބާއްވާ ރޯޑްޝޯ ބާއްވާނެ ތާރީހެއް އަދި މިހާތަނަށް އިއުލާނުކޮށްފައި ނުވި ނަމަވެސް އެ ރޯޑްޝޯވެސް އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެލިގާއިން ބުންޏެވެ.

ތިނަދޫގައި ބާއްވާ ރޯޑްޝޯ އިންތިޒާމު ކުރަނީ އެ ރަށުގެ ހަވަރު އެންޖީއޯއިންނެވެ. ހޯސްޓް ޕާޓްނަރަކަށް ތިނަދޫ ކައުންސިލް ހަމަޖެއްސި އިރު ރީޖަނަލް މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ގާފު އޮންލައިނެވެ. ރޯޑްޝޯގެ އެސޯސިއޭޓް ޕާޓްނަރަކަށް ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވަމަންޓް ހަމަޖެއްސި އިރު ޕްރިންޓިން ޕާޓްނަރަކަށް ހަމަޖެއްސީ ނޯވާ ޓެކް އެވެ. އަދި އެންޑޯޒިން ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ޑަބްލިއުޑީސީ އާއި ގދ. އަތޮޅު ކައުންސިލް ހަމަޖައްސާފައިވެ އެވެ. މި އިވެންޓްގެ ފުޑް އެންޑް ބެވެރޭޖް ޕާޓްނަރަކަށް ހަމަޖެއްސީ ވޯޓާ ޑެކް އެވެ.

ވެލިގާ ހާޑްވެއާއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހާޑްވެއާ ސާމާނާއި ގޭތެރެ އަށް ބޭނުންވާ ތަކެތި ވިއްކާ އެއް ފިހާރަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355