twitterviber whatsapp telegramfacebookyoutube instagram
27th April 2024

ރާއްޖެއާއި ސަޢުދީގެ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ނަބީލާ އިސްމާޢީލް
Sep 21, 2022

ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއާއެކު އިތުރަށް ގުޅުން ބަދަހިކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ 77 ވަނަ އާއްމު މަޖިލީހުގެ ޖަލްސާގެ ހަވާސާގެ ތެރެއިންނެވެ.

ސައުދީއާއެކު މިވެވުނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ ފޮރިން މިނިސްޓަރ ފައިސަލް ބިން ފަރްހާން އަލް-ސައުދެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ސައުދީއާ ދެމެދު ހާރިޖީރޮނގުން އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ހާއްސަކޮށް ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި، ދެގައުމުގެ މަސްލަހަތު ހިމެނޭ ބައިނަލްއަގުވާމީ މައްސަލަތަކާއި ބެހޭގޮތުން ހުރިހާ ފަންތިއެއްގައި ދެގައުމުގެ ދެމެދުގައި ގަވާއިދުން މަޝްވަރާތައް ބޭއްވުމަށްވެސް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް އަހުވަންތަ ގުޅުން އިތުރަށް ބަދަހިވެ، ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަން ފޮރިން މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.

ރާއްޖެއިން ސައުދީ އަރަބިއްޔާއާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 17 މާރޗު 1981 ގައެވެ. މިއަހަރު މިގުޅުމަށް 41 އަހަރު ފުރިފައިވާއިރު، ސައުދީ އަރަބިއްޔާއިން އަންނަނީ ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355