twitterviber whatsapp telegramfacebookyoutube instagram
20th March 2026

ފޮރިން މިނިސްޓަރު ޒަމީރު ރަސްމީ ދަތުރެއްގައި ގަތަރަށް ފުރާވަޑައިގެންފި

May 12, 2024

ޤަތަރަށް ކުރައްވާ ރަސްމީ ދަތުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ރޭ ބުނީ މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ތާނީއާ އެކު ދެ ގައުމުގެ ދޭތެރޭގައި އޮތް ގުޅުމާ މެދު މަތީ ފަންތީގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށެވެ.

ރާއްޖެ އާއި ގަތަރުން ސިޔާސީ ގުޅުން ގާއިމްކުރިތާ މި އަހަރު 40 އަހަރު ފުރޭނެ އެވެ.

މިނިސްޓަރު ޒަމީރު ޤަތަރު ސަރުކާރުގެ އިސް އެހެން ބޭފުޅުންނާ ވެސް ބައްދަލުކުރައްވައި، ދެގައުމުގެ އެކިއެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި މަހުގެ 11އިން 13 އަށް ޤަތަރަށް ކުރައްވާ މި ރަސްމީ ދަތުފުޅުގައި މިނިސްޓަރުގެ އަރިހުގައި ބައިލެޓަރަލްގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި އެމްބެސެޑާ އެޓް ލާޖް ޑރ. ފަޒީލް ނަޖީބާއި އެސިސްޓެންޓް ޑިރެކްޓަރު ލަމްހާ ސަލީމް ބައިވެރިވެވަޑައިގަންނަވައެވެ.

މި މަހުގެ އަށްވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ޒަމީރުވަނީ އިންޑިއާއަށް ވަޑައިގެންފައެވެ.

އެ ދަތުރުފުޅުގައި ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލު ކުރައްވައި، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގިނަދުވަސްވީ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355