twitterviber whatsapp telegramfacebookyoutube instagram
20th January 2026

ޖަޕާނުން ރާއްޖެއަށް 6.5 މިލިއަން ޑޮލަރުގެ އެހީއެއް

ނަބީލާ އިސްމާޢީލް
Mar 26, 2024

ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ގުޅޭ މަސައްކަތްތަކާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމާއި ގުޅޭ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ރާއްޖެއަށް 6.5 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.

މި އެހީ އާއި ގުޅޭ އެއްބަސްވުންތަކުގައި، ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު މޫސާ ޒަމީރެވެ. ޖަޕާން ސަރުކާރުން ސޮއިކުރެއްވީ އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ.

ޖަޕާނާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވަނީ ކަސްޓަމްސް ޕެޓްރޯލް ކްރާފްޓެއް ފޯރުކޮށްދިނުމުގެ އެއްބަސްވުމަކާއި މެރިޓަމް ސޭފްޓީ އަދި ސެކިޔުރިޓީ ގާއިމް ކުރުމުގެ މަސައްކަތަށް 1.7 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުުމެއްގަ އެވެ.

އޭގެ އިތުރުން ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، އެފަދަ ކާރިސާތަކަށް އިޖާބަދިނުމުގެ ގާބިލްކަން އިތުރު ކުރުމަށް 3.9 މިލިއަން ޑޮލަރުގެ އެހީ އާއި ކަސްޓަމްސް ޕެޓްރޯލް އުޅަނދުތަކަށް ބޭނުންވާނެ އިކުއިޕްމެންޓް ފޯރުކޮށްދިނުމަށް 3.7 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.

މިނިސްޓްރީން ބުނީ އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެ އާއި ޖަޕާނާ، ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ. ރާއްޖެ ސަރުކާރުން ވަނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ އަށް ޖަޕާނުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355