twitterviber whatsapp telegramfacebookyoutube instagram
17th October 2026

ޔޫކޭ ސަފީރު ކަމަށް ޖަމީލާ އައްޔަންކުރައްވައިފި

Aug 31, 2026

އިނގިރޭސިވިލާތުގެ ސަފީރުގެ މަގާމަށް ޖަމީލާ އަލީ ހާލިދު އައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް ޖަމީލާ އައްޔަން ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ މަގާމުގައި މީގެ ކުރިން ހުންނެވީ މިހާރު ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރުތިޝާމް އަލީ އެވެ. ނަމަވެސް މަގާމް ހުސްވުމާ ގުޅިގެން ރައިސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޖަމީލާގެ ނަން މަޖިލީހަށް ފޮނުވައިފަ އެވެ. އަދި މަޖިލީހުން އޭނާ އަށް ރުހުން ދިނީ މިދިޔަ ބުދަ ދުވަހެވެ.

ޖަމީލާއަކީ ތައުލީމީ ދާއިރާ އާއި ހާރިޖީ ދާއިރާ އިން ވެސް ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293