twitterviber whatsapp telegramfacebookyoutube instagram
30th September 2022

ކެމިކަލް ހަތިޔާރު މަނާކުރާ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

ނަބީލާ އިސްމާޢީލް
Sep 21, 2022

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލަށް އާންމުގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރަމުންދާ އެ ބިލާ ގުޅޭ ގޮތުން އާންމުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި މިމަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. މި ބިލު ހުށަހަޅާފައިވަނީ މި އަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހު އެވެ.

ބިލްގައިވާ ގޮތުން ގާނޫނު ތަންފީޒުކުރުމަށް ކެމިކަލް ވެޕަންސް ޔުނިޓްގެ ނަމުގައި ޔުނިޓެއް އުފެއްދޭނެ އެވެ. އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބަލައި ފާސްކުރަންޖެހޭ ފެސިލިޓީތައް ބަލައި ފާސްކުރުން ހިމެނެ އެވެ.

މި ޔުނިޓްގެ ބާރުތަކުގެ ތެރޭގައި ގާނޫނާ ހިލާފަށް އެތެރެކޮށް ނުވަތަ ބޭނުންކުރަމުންދާ ތަކެތި ބޭނުންކުރުން މަނާކުރުމާއި، އެ ތަކެތި ނައްތާލުމަށް އެންގުމާއި ނައްތާލުން ހިމެނެ އެވެ.

މި ބިލުގައިވަނީ ކެމިކަލް ލައިސަންސް ދޫކުރުމާ ގުޅޭ އުސޫލުތަކާއި ބަލައި ފާސްކުރެވޭނެ ގޮތްތައް ބަޔާންކޮށްފަ އެވެ. ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ނެރެވިދާނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެ އެވެ.

ބިލުގައިވާ ގޮތުން ކެމިކަލް ހަތިޔާރު ތަރައްގީކުރުން ނުވަތަ އުފައްދާ މީހާ އެ ކުރަނީ ކުށެކެވެ. އެފަދަ ކުށެއް ކުރި މީހަކަށް، ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި ފަސް ލައްކަ ރުފިޔާ އިން ފެށިގެން އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 10 އަހަރު ދުވަހާއި 20 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ ކަމަށް ބިލުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355