twitterviber whatsapp telegramfacebookyoutube instagram
15th September 2026

އަންޞާރިއްޔަ ބޭކަލުންގެ ދީލަތިކަން ފެންނަ ރީތި ވާހަކައެއް

ހ.މ
Oct 1, 2022
1

އަންޞާރިއްޔަ ބޭކަލުންނަކީ، މަދީނާގެ އަހުލުވެރިންގެ ތެރެއިން އިސްލާމްދީން ޤަބޫލުކުރައްވައިގެން ތިއްބެވި ދީލަތިކަމުގައި އެފަދަ ދެވަނައެއްނުވާ ބައެކެވެ. މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވި މުސްލިމުންނަށް އެބޭކަލުންގެ ފަރާތުންވީ އެހީއަކީ، މިއަދާ ހަމައަށްވެސް، ގައުމުތަކުން، ރަށްރަށުން ހިޖުރަކުރާ މީހުންނަށް އެހީވުމުގައި ނުފެންނަވަރުގެ ދީލަތި އެހީކެވެ. މި ވާހަކައަކީ އަންޞާރިއްޔަ ބޭކަލުންގެ ދީލަތިކަން ފެނިގެންދާ ރީތި ވާހަކައެކެވެ.

އަބޫ ހުރައިރާ ގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު ރަސޫލާ صلى الله عليه وسلم ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. "އޭ اللهގެ ރަސޫލާއެވެ! ތިމަންނައަށް ހައިހޫނުކަން ކުރިމަތިވެއްޖެއެވެ." ފަހެ، އެމީހާ އެކަލޭގެފާނުގެ އަނބިކަނބަލުންގެ ގެކޮޅުތަކަށް ފޮނުއްވިއެވެ. އަދި އެކަނބަލުންގެ އަރިހުގައި އެއްޗެއް ނެތުމުން ރަސޫލާ صلى الله عليه وسلم ޞަޙާބީންނަށް ހަދީސް ކުރެއްވިއެވެ.

"މި މީހާއަށް މިރޭ މެހެމާންދާރީ އަދާކޮށްދޭނީ ކާކުތޯއެވެ؟ މާތްالله އެމީހަކަށް ރަޙްމަތް ލައްވާނެތެވެ." އެހިނދު، އަންޞާރިއްޔަ ބޭކަލުންކުރެ ބޭކަލަކު ތެދުވެވަޑައިގެން ދެންނެވިއެވެ. "އޭ اللهގެ ރަސޫލާއެވެ! ތިމަންނައެވެ." އެބޭކަލަކު އެމީހަކާއެކު އެބޭކަލެއްގެ އަހުލުންގެ ގާތަށް ވަޑައިގެން، އެބޭކަލެއްގެ އަނބިކަނބަލުންނަށް ދެންނެވިއެވެ.

"މިއީ ރަސޫލާ صلى الله عليه وسلم ގެ މެހެމާނެކެވެ. މީނައަށް އެއްވެސް އެއްޗެއް ނުފޮރުއްވާށެވެ!" އަނބިކަނބަލުން ދެންނެވިއެވެ. الله ގަންދީފައި ބުނަމެވެ. ދަރިންނަށް ކާންދޭވަރުގެ އެތިކޮޅެއް މެނުވީ ތިމަންގެ އަތަކު ނެތެވެ." އެބޭކަލަކު ދެންނެވިއެވެ. "ރޭގަނޑު ކާވަގުތު ޖެހުމުން، ދަރިން ނިންދަވާލުމަށްފަހު، އައިސް ބައްތި ރަނގަޅު ކުރައްވާކަމަށް ހައްދަވާފައި ބައްތި ނިއްވާލާށެވެ. އަދި މިރޭ ތިމަންމެން ނިދާނީ ހުސްބަނޑާއެވެ." ފަހެ، ވަގުތު ޖެހުމުން އެކަމަނާ އެގޮތަށް ކަންތައްކުރެއްވި އެވެ. ދެން، ޖެހިގެން އައިދުވަހު، އެބޭކަލަކު ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތެވެ. އެހިނދު، އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ.

"ހަމަކަށަވަރުން الله ޢަޖައިބުވެ ވޮޑިގެންނެވިއެވެ. ނުވަތަ އެވެނި ފިރިހެނަކާއި މިވެނި އަންހެނަކާމެދު ހިނިވަރުނަކުރެއްވިއެވެ."

ފަހެ، މާތް الله الشر ސޫރަތުގެ 9 ވަނަ އާޔަތް ބާވާލެއްވިއެވެ. އެއާޔަތުގެ މާނައިގައިވަނީ:

"އަދި އެބައިމީހުންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެތެވެ. އެބައިމީހުންނަށް ބޭނުންތެރިކަން ބޮޑުވެފައިވީ ނަމަވެސް މެއެވެ."

ނޯޓް: މިވާހަކައިގެ މަޢްލޫމާތު ނަގާފައިވަނީ، އައްޝައިޚް މުޙައްމަދު ސިނާން ލިޔުއްވާފައިވާ "މީސްތަކުންނަށް ހެޔޮ ފޯރުކޮށްދޭށެވެ" މިފޮތުންނެވެ.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293