twitterviber whatsapp telegramfacebookyoutube instagram
31st March 2026

ސްޓޮކް މަދުވުމުން 50 ރުފިޔާގެ ނޫޓު ޗާޕްކޮށްފި

ނަބީލާ އިސްމާޢީލް
Sep 26, 2022

ސްޓޮކް މަދުވުމުގެ ސަބަބުން 50 ރުފިޔާގެ ނޫޓު ޗާޕުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އަލަށް ޗާޕުކުރި ނޫޓުތައް އިއްޔެ ރާއްޖެ ގެނެސްފައިވާ ކަމަށާއި މިހާރު އެ ފައިސާ ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ.

އަލަށް ޗާޕުކޮށްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެއެވެ.

ކަރުދާސް ނޫޓް ބޭނުންކުރުން ހުއްޓާލައި، ރަންދިހަފަހެއް ސީރީޒްގެ ޕޮލިމާ ނޫޓް ބޭނުންކުރަން ފެށީ 2015ގަ އެވެ. ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، ފޮލިމާ ކަރުދާހުގައި ހަދާފައިވާ އެ އާ ނޫޓް ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000ރ. ގެ ނޫޓެވެ.

ރާއްޖޭގައި ކުރިން ބޭނުންކުރަމުން އައި ކަރުދާސް ނޫޓުތައް، އާ ނޫޓަށް ބަދަލުކޮށްދިނުން އެއްކޮށް ހުއްޓާލީ މިދިޔަ އަހަރު އެވެ.

މިދިޔަ ޖުލައި މަހު އެމްއެމްއޭ އިން ދިވެހި ފައިސާގެ ނިޝާން ވެސް ތައާރަފުކޮށްފައިވާއިރު، އަލަށް ޗާޕުކުރާ ނޫޓުތަކުގައި އެ ނިޝާން ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355