twitterviber whatsapp telegramfacebookyoutube instagram
29th August 2026

ތުރާކުނު ގޭބިސީތަކަށް ކައުންސިލުން ވޯޓާ ޕިއުރިފަޔަރ ފޯރުކޮށްދެނީ

އަބްދުލް ވާހިދު ޙަސަން
Oct 12, 2022

ހއ ތުރާކުނު ރައްޔިތުންނަށް ރައްކާތެރި ސާފުބޯފެން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެރަށު ކައުންސިލުން ގޭބިސީތަކަށް ވޯޓާ ޕިއުރިފަޔާ ފޯރުކޮށްދިނުމުގެ ޕުރޮގުރާމެއް ފަށައިފި އެވެ.

ތުރާކުނު ކައުންސިލުން ބުނީ، ރައްޔިތުންނަށް ރައްކާތެރި ސާފުބޯފެން ފޯރުކޮށްދިނުމުގެ އިތުރުން ތުރާކުނަކީ އެއްފަރު ބޭނުންކުރުމަށްފަހު އުކާލައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދު، ތިމާވެއްޓާއި ރަށްޓެހި ރަށަކަށް ހެދުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ޕުރޮގުރާމުގައި ވޯޓާ ޕިއުރިފަޔާ ގޭބިސީތަކަށް ފޯރުކޮށްދޭނީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކާ ގޮތަށް ކަމަށެވެ.

އެގޮތުން ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕުރޮގުރާމުގެ ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ 20 ވޯޓާ ޕިއުރިފަޔާ ކަމަށާއި މި ޕިއުރިފަޔާގެ އަންދާޒާ އަގަކީ 5000ރ - 4500ރ ކަމަށެވެ.

އެ ކައުންސިލުން ބުނީ، ÷ިއުރިފަޔާއަށް، އިންސްޓޯލްމަންޓް އުސޫލުން 12 މަސް ދުވަހަށް ބަހާލައިގެން ނުވަތަ އެއް އެއްފަހަރާވެސް ފައިސާ ދައްކާލެވޭނެ ކަމަށެވެ.

މި ޕުރޮގުރާމުގެ ދަށުން ވޯޓާ ޕިއުރިފަޔާ ބޭނުންވާ ފަރާތްތަކުން 2022 އޮކްޓޯބަރު 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކައުންސިލު އިދާރާއަށް ނަންނޯޓުކުރުމަށް އެއިދާރާއިން އެދެ އެވެ. ނަންނޯޓް ކުރުމަށްދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީއެއް ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ 2022 އޮކްޓޯބަރު 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް މެއިލްކުރުމަށް އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355