twitterviber whatsapp telegramfacebookyoutube instagram
25th August 2025

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖޭއަށް ހުދު ސަމާލު

Oct 13, 2022

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް މެޓުން ހުދު ސަމާލު ނެރެފި އެވެ. ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް މެޓް އޮފީހުން ހުދު ސަމާލު ނެރުނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މޫސުމާ ބެހޭ އިދާރާގެ ބުނީ މިއަދު 11:30 އިން ހަވީރު 17:30 އާ ހަމައަށް މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

އަދި ކަނޑުގަދަވެ އުދަ އަރާނެކަމަށް މެޓުން ލަފާކޮށްފައިވެ އެވެ. ކަނޑުގަދަވާނެކަމަށް ލަފާކޮށް މިއަދު ހެނދުނުފެ ވަގުތުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލުވެސް މެޓުން ނެރުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355