twitterviber whatsapp telegramfacebookyoutube instagram
5th July 2025

މަރާމާތު ނިމިއްޖެ، މަސްޖިދުލް ހަޟާރާތު ހުކުރު ނަމާދަށްފަހު ހުޅުވާލަނީ

އަބްދުލް ވާހިދު ޙަސަން
Oct 27, 2022

ކުޅުދުއްފުށީގައި ނަމާދުކުރަން ބޭނުންކުރާ އެންމެ ބޮޑު މިސްކިތް، މަސްޖިދުލް ހަޞާރާތު މަރާމާތުކޮށް ނިންމާ އަންނަ ހުކުރު ނަމާދުން ފެށިގެން އާންމުކޮށް ހުޅުވާލަން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ، މަރާމާތަށްފަހު 28 ވާ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން މިސްކިތް ހުޅުވިފައި ހުންނާނެ ކަމަށެވެ.

ސެޕްޓެމްބަރުމަހު މިސްކިތް ބަންދުކުރީ އެތަނުގެ ބޮޑު މަރާމާތެއް ކުރުމަށެވެ. އެގޮތުން ތިރީ ބުރީގައި ޖަހާފައިވާ ތަށި މުށިތައް ނައްޓައި ވިނެލް އެޅުމަށާއި ބޮޑެތި ދޮރުތައް މަރާމާތުކުރުމަށެވެ. 1.5 މިލިއަން ރުފިޔާގެ އެ މަޝްރޫއު 45 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ ގިބްސް ލޮޖިސްޓިކް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

ސިޓީ ކައުންސިލުން ބުނީ، މިސްކިތުގެ ވިނެލް އަޅާފައިވާ ބައިގައި ނަމާދުކުރުމަށް ބޭނުންކުރެވޭނީ ހަމައެކަނި ވިނެލްގައި ބެހެއްޓިފައިވާ ގޮނޑިތައްކަމަށެވެ. އެ ނޫން ގޮނޑިއެއް ބޭނުންކޮށްގެން ވިނެލްއަށް ގެއްލުމެއް ލިބިދާނެތީ އެވެ.

ހަޞާރާތު ހުޅުވުމާއެކު މަސްޖިދުލް ނަޟްރުގައި ފިރިހެނުން ނަމާދުކުރުން ހުއްޓާލާނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަންހެނުންނަށް ހާއްސަ މަސްޖިދުލް ނަޟްރުގައި ފިރިހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސީ ހަޞާރާތު ބަންދުކުރުމާއެކު އެ ސަރަހައްދުގައި އުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ މަގުސަދުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355