twitterviber whatsapp telegramfacebookyoutube instagram
31st December 2025

ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާއިން ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގުރާމެއް ހިންގަނީ

ނަބީލާ އިސްމާޢީލް
Nov 8, 2022
1

ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާއިން ރުކުގެ ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ކޯހެއް ފަށަން ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ޖަމިއްޔާގެ މެމްބަރު އަބްދުއް ސައްތާރު އިބްރާހިމް ވިދާޅުވީ އުމުރުން 10 އަހަރާއި 18 އަހަރާ ދެމެދުގެ ދެ ޖިންސުގެ ކުދިންނަށް އަމާލުކޮށްގެން ހިންގަން ނިންމާފައިވާ މި ކޯހަކީ ބައިވެރިންގެ އަތުން އެއްވެސް އަގެއް ނަގައިގެން ހިންގާ ކޯހެއް ނޫން ކަމަށެވެ.

1 ހަފްތާގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 2 ޖިންސުން 20 ކުދިންނަށެވެ.

މި ނޮވެމްބަރުމަހު 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން 7954632 ނުވަތަ 9804633 ނަންބަރު ފޯނާ ގުޅައިގެން ނުވަތަ މެސެޖް ކޮށްގެން ނަން ނޯޓު ކުރުމަށް އެ ޖަމިއްޔާއިން އެދެ އެވެ.

މި ކޯހުގައި ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި ހަދިޔާ ގޮނު، ބޮނޑި، ބުރަފަތި ފަދަ އެންމެ އާދައިގެ ތަކެތިން ގޮސް އެކި މުނާސަބަތު ތަކަށް ތަންތަން ޑެކަރޭޓް ކުރުމަށް ބޭނުންވާ ތަކެތިވެސް ދަސްކޮށްދޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355