twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރާސް ޗެމްޕިއަންޝިޕް ގްރޭންޑް ފައިނަލުގައި ކުޅުދުއްފުށީގެ 9 ރައިޑަރުން

މުޙައްމަދު އަހުމަދު
Nov 22, 2022

ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރާމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރާސް ޗެމްޕިއަންޝިޕް ގްރޭންޑް ފައިނަލުގައި ކުޅުދުއްފުށީގެ 10 ރައިޑަރުން ވާދަކުރާނެ އެވެ.

ހުޅުމާލޭ ފޭސް 2 ގެ ރޭސިންގ ޓްރެކްގައި މިމަހު 25 ވާ ހުކުރުދުވަހު އޮންނަ ރާސް ޗެމްޕިއަންޝިޕުގައި ކުޅުދުއްފުށީގެ 9 ރައިޑަރަކު ވާދަކުރާނެ އެވެ. ގްރޭންޑް ފައިނަލަށް ކޮލިފައިވާނީ ރާމްއިން ބޭއްވި އެޑިޝަންތަކުގެ ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދި ރައިޑަރުންނެވެ.

ކުޅުދުއްފުށި އެޑިޝަނުގައި ވާދަކޮށް ކުޅުދުއްފުށީގެ 9 ރައިޑަރަކު ފައިނަލަށް ކޮލިފައިވީއިރު އެރައިޑަރުންނަކީ އާލިން މުހައްމަދު، ޔާމިން (ޔާއްޓު)، ޖަޒްލާން، ސެޓޭ، ހުމާމްއާއި ސިމާންގެ އިތުރުން ޖޫލީއާއި ނިޔާ އަދި ޒިމާމްއާއި ބްލަޑީ އެވެ.

ރާމްއިން ޖުމްލަ 3 އެޑިޝަނެއް ކުރިއަށް ގެންދިޔަ އެވެ. އެއީ އައްޑޫ އެޑިޝަނާއި ކުޅުދުއްފުށި އެޑިޝަނުގެ އިތުރުން ގްރޭޓާ މާލޭ އެޑިޝަން އެވެ. އައްޑޫ އެޑިޝަންގައި 11 ކެޓަގަރީއަކުން 34 ރައިޑަރުން ވާދަކުރިއިރު މާލޭ އެޑިޝަނުގައި 22 ކެޓަގަރީއަކުން 50 ރައިޑަރުން ވާދަކުރި އެވެ. އޭގެތެރޭގައި ކާރާ ސައިކަލު ހިމެނެ އެވެ. އަދި ކުޅުދުއްފުށި އެޑިޝަނުގައި 10 ކެޓަގަރީއަކުން 31 ރައިޑަރުން ވާދަކޮށްފައިވެ އެވެ.

ފަސްޓް އެޑިޝަނުގެ ގޮތުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދިޔަ ކުޅުދުއްފުށީ އެޑިޝަން ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ ޖޫން 25 އަދި 26 ގަ އެވެ. އަދި ކުޅުދުއްފުށީ އެޑިޝަނުގައި އަންހެން ރައިޑަރުން ވެސް ވާދަކޮށްފައިވެ އެވެ. މިއެޑިޝަން ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށި ސިޓީގަ އެވެ.

ދެވަނަ އެޑިޝަނުގެ ގޮތުގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އައްޑޫ އެޑިޝަން ސެޕްޓެމްބަރު 17 ގައި ކުރިއަށް ގެންގޮސްފައިވާއިރު އައްޑޫގައި ރޭސިންގ ޓްރެކެއް އެޅިގެންދާނެކަމަށް އައްޑޫ މޭޔަރު ވަނީ ބުނެފަ އެވެ. ތިންވަނަ އެޑިޝަން ކަމަށްވާ ގްރޭޓާ މާލޭ އެޑިޝަން ކުރިއަށް ދިޔައީ އޮކްޓޫބަރު 1 އަދި 2 ގައި ހުޅުމާލޭ ފޭސް 2 ގަ އެވެ.

މިތާރީހީ މުބާރާތުގައި ޖުމްލަ 115 ރައިޑަރުން ބައިވެރިވިއިރު ގްރޭންޑް ފައިނަލުން މޮޅުވާ ރައިޑަރުންނަށް ރާސް ކިންގް އަދި ކުއީންގެ ލަގަބު ދެވިގެންދާނެ އެވެ. އަންހެން ބައިން ރާއްޖޭއިން ވާދަކުރަނީ 2 ރައިޑަރެކެވެ. އެ ދެ ރައިޑަރުންނަކީ ވެސް ކުޅުދުއްފުށީ ދެ ރައިޑަރުންނެވެ.

ކުޅުދުއްފުށިން ވާދަކުރާ ރައިޑަރުންނާއި ކެޓަގަރީތައް:

  • 120 ސީސީ ޕްރޯ ޑްރެގް - ސިމާން (އިންޑިވިޖުއަލް)
  • 125 ސީސީ ޕްރޯ ޑްރެގް - ހުމާމް (ބީސްޓް ކްރޫ)
  • 135 ސީސީ ޕްރޯ ޑްރެގް - ޔާއްޓު (ބަތާނާ ރޭސިންގ)
  • 150 ސީސީ ޕްރޯ ޑްރެގް - އާލިން (ބަތާނާ ރޭސިންގ)
  • 150 ސީސީ ޓްރޫ ސްޓްރީޓް - ޖަޒްލާން (އިންޑިވިޖުއަލް)
  • 150 ސީސީ އެންޑް އޯޕަން އިވެންޓް - އަލީ ސަމީރު (ވަން ބުލަޑް ރޭސިންގ)
  • ފިރިހެނުންގެ އޯޕަން ޓްރޫ ސްޓްރީޓް - ޖަޒްލާން (އިންޑިވިޖުއަލް)
  • ވިނާރ އެކްސް އިވެންޓް - ޖަޒްލާން (އިންޑިވިޖުއަލް)
  • ހޮންޑާ ވިނާރ އެކްސް 150 އިވެންޓް - ޔޫސުފް ޒިމާމް މުހައްމަދު (އެކްސްޓްރީމް އަންލީޝްޑް)
  • ސުޕަރ ބައިކް ބިލޯ 1000 - މާހިދު މުހައްމަދު (ވަން ބްލަޑް ރޭސިންގ)
  • ސުޕަރ ބައިކް އޯޕަން - މާހިދު މުހައްމަދު (ވަން ބްލަޑް ރޭސިންގ)
  • 125 ސީސީ ޓްރޫ ސްޓްރީޓް - މާހިދު މުހައްމަދު (ވަން ބްލަޑް ރޭސިންގ)
  • ފިރިހެނުންގެ ޕްރޯ ޑްރެގް އޯޕަން އިވެންޓް - ޔާއްޓު (ބަތާނާ ރޭސިންގ)
  • އަންހެނުންގެ ޕްރޯ ޑްރެގް އޯޕަން އިވެންޓް - ޖޫލީ (އޮރި މޮޓޯސް)
  • އަންހެނުންގެ ޕްރޯ ޑްރެގް އޯޕަން އިވެންޓް - ނިޔާ (މެގްމާ ރޭސިންގ)
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355